
ޒުވާނުންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ބާރު - އެމީހުންގެ ލަނޑުދަނޑިތަކަކީ ޤައުމުގެ މުސްތަޤުބަލު ބިނާކޮށްދޭނެ މުހިންމު އަސާސެއް: ރައީސް
# ޒުވާނުން# ރައީސް މުއިއްޒު# ޒުވާނުން ބާރުވެރިކުރުވުން# ޤައުމީ ޒުވާނުންގެ ދުވަސް# ޒުވާނުން ބިނާކުރުންރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޒުވާނުންނަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ބާރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ޒުވާނުންގެ އުފެއްދުންތެރިކަމާއި އަޒުމާއި ހިތްވަރަކީ މުޖުތަމަޢުއަށާއި މުޅި ޤައުމަށްވެސް އެތައް ގޮތަކުން ބަދަލުތަކެއް ގެނެސްދޭކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %45 އަކީ ޒުވާނުންކަމަށްވާއިރު، އެމީހުންގެ ހުވަފެންތަކާއި ލަނޑުދަނޑިތަކަކީ ޤައުމުގެ މުސްތަޤުބަލު ބިނާކޮށްދޭނެ މުހިންމު އަސާސެއްކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން ޒުވާނުންނަށް ބޭނުންވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ހުނަރުތައް ތަރައްޤީކުރުމާއި ވަޒީފާގެ ފުރުޞަތުތައް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމާއި، ވަޠަނީ ޚިދުމަތުގެ ޤައުމީ ޕްރޮގްރާމަކީވެސް މިމަގުން ސަރުކާރުގެ އިސްނެގުމާއެކު ހިންގޭ މުހިންމު މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ޒުވާނުންގެ އަތްމަތީގައި، ރާއްޖޭގެ މިހާރުގެ އަދި މުސްތަޤްބަލަށް ފާގަތިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމުގައިވެސް ވިދާޅުވެފައިވެއެވެ.ޒުވާނުން ބާރުވެރިކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމެޓީއެއް ސަރުކާރުން އުފައްދަވާފައިވެއެވެ. ޒުވާނުންނަށް ފުރުޞަތުތައް ހޯދައިދީ، ރާއްޖޭގައި އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކްރީއޭޓިވް އިކޮނޮމީއެއް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.ޒުވާނުންނަކީ މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ ބައެއް ކަމަށް ހެދުމަށް، އަޕް ސްކިލިން ޕްރޮގްރާމުތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުތައް އަމިއްލަ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކާއި މުޢައްސަސާތަކުގެ އެހީތެރިކަމާއެކު ދަނީ ކުރިއަށް ގެންދަމުންނެވެ.
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރީ 1998 ވަނަ އަހަރުއެވެ. މިދުވަސް ފާހަގަކުރަން ފެށީ ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނާބެހޭ ވަޒީރުން ބައިވެރިވި ބައްދަލުވުމެއްގައި، އޮގަސްޓު މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަސްކަމަށް ކަނޑައެޅުމަށް ނިންމުމާ ގުޅިގެންނެވެ. މި ބައްދަލުވުން އޮތީ 1998 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ.
ގުޅުންހުރި

ސަރުކާރުގެ ޚަރަދުގައި ބިނާކުރާ ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ޒުވާނުންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ބާރު - އެމީހުންގެ ލަނޑުދަނޑިތަކަކީ ޤައުމުގެ މުސްތަޤުބަލު ބިނާކޮށްދޭނެ މުހިންމު އަސާސެއް: ރައީސް

ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފި




