logoEN
WAMCO TOP 1
ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާ# ވ ކެޔޮދޫ

ފޮޓޯ: މިނިސްޓްރީ

ފެލިދެއަތޮޅު ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިންގ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

THE TRAVELLER AD

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައެވެ.

ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.

އެއްބަސްވުމުގައި މި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ އިބްރާހިމް ނިޔާޒުއެވެ. އަދި ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޯޕަރޭޓް އެފެއަރޒް މެނޭޖަރ އަމާނީ އާދަމްއެވެ.

ރެޕިޑް އިންޖިނިއަރިންގ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 75 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

ކޮމެންޓް
ފަހުގެ
HDC