
މާމެންދޫ ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
# ލ. މާމެންދޫ# ކުޅިވަރާއި ހަށިހެޔޮ ކަމާބެހޭ ވުޒާރާފޮޓޯ: މިނިސްޓްރީ
ލ. މާމެންދޫ ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މާމެންދޫގައި ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައެވެ.
އެ ރަށުގައި ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.
އެއްބަސްވުމުގައި މި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަސްލަމް ރަހާއެވެ. އަދި ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކޯޕަރޭޓް އެފެއަރޒް މެނޭޖަރ އަމާނީ އާދަމްއެވެ.
ރެޕިޑް އިންޖިނިއަރިންގ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
ގުޅުންހުރި

ކެޔޮދޫ ފުޓްބޯޅަދަނޑުގެ ލައިޓިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މާމެންދޫ ފުޓްސަލްދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހަނިމާދޫ އާއި ހޯރަފުށީގައި ސްވިމިން ޓްރެކް ފްލެޓްފޯމެއް ގާއިމުކުރުމަށް ސޮއިކޮށްފި




