logoEN
WAMCO TOP 1
ގިނަ ދުވަސްތަކަކަށްފަހު އަކްޝޭ އާއި ސައިފް އެކީގައި: 'ހައިވާން' ގެ ޓީޒާއަށް ބޮޑު ތަރުހީބެއް

ގިނަ ދުވަސްތަކަކަށްފަހު އަކްޝޭ އާއި ސައިފް އެކީގައި: 'ހައިވާން' ގެ ޓީޒާއަށް ބޮޑު ތަރުހީބެއް

ސާރާ އަހުމަދު

logo

8/13/2026, 10:40:04 AM

# ބޮލީވުޑް

--

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ޕްރިޔަދަރްޝަން ޑައިރެކްޓްކޮށް، ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އައު ފިލްމު "ހައިވާން" ގެ އޮފިޝަލް ޓީޒާ އާންމުކޮށްފިއެވެ.

THE TRAVELLER AD

މި ފިލްމުގެ ޓީޒާއިން އެންމެ ބޮޑަށް ފާހަގަކުރެވިގެންދަނީ ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ސައިފް އަލީ ޚާންގެ މެދުގައި ހިނގާ ވަރަށް ޝައުގުވެރި އަދި ފޯރިގަދަ ކުރިމަތިލުންތަކެވެ.

ކޭވީއެން ޕްރޮޑަކްޝަންސް އިން އުފައްދާ މި ފިލްމުގެ ޓީޒާއިން ފެންނަ މަންޒަރުތަކަށް ބަލާއިރު، މިއީ ސަސްޕެންސާއި އެކްޝަނުން ފުރިގެންވާނެ ފިލްމެއްކަން ޔަގީންވެއެވެ.

ގިނަ ދުވަސްތަކަކަށްފަހު އަކްޝޭ ކުމާރާއި ސައިފް އަލީ ޚާންގެ ޖޯޑު އެކުގައި ބޮޑު ސްކްރީނުން ފެނިގެންދާ ފިލްމަކަށް ވުމުން، މިއީ ސަޕޯޓަރުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެކެވެ. މީގެ ކުރިންވެސް މި ދެ ތަރިން ވަނީ އެކުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައެވެ. އަދި ޕްރިޔަދަރްޝަން ފަދަ ކުޅަދާނަ ޑައިރެކްޓަރެއްގެ ފިލްމަކުން މި ދެ ތަރިންގެ ވާދަވެރި ކުރިމަތިލުމެއް ފެނިގެންދިއުމަކީ ފިލްމަށް އޮތް ޝައުގުވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާ ކަމެކެވެ.

އޮފިޝަލް ޓީޒާ ރިލީޒްކުރުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މި ފިލްމަށް ވަނީ ލިބިފައެވެ. އަދި ފިލްމުގެ ޓްރެއިލަރ އާއި ރިލީޒްކުރާނެ ތާރީޚަކަށް ފޭނުން އަންނަނީ އިންތިޒާރުކުރަމުންނެވެ.

Watch on YouTube

ކޮމެންޓް
ފަހުގެ
HDC