logoEN
WAMCO TOP 1
ޝްރައްދާގެ އައު ފިލްމު 'އީތާ' ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފި

ޝްރައްދާގެ އައު ފިލްމު 'އީތާ' ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފި

ސާރާ އަހުމަދު

logo

8/12/2026, 8:10:57 AM

# ބޮލީވުޑް

--

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު 'އީތާ' ސިނަމާތަކަށް އަންނާނެ ތާރީޚު ކަށަވަރުކޮށް، މިއަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ފިލްމު ރިލީޒްކުރަން ނިންމައިފިއެވެ.

THE TRAVELLER AD

ޑިސެމްބަރު މަހަކީ އާންމުކޮށް ބޮލީވުޑްގެ ބޮޑެތި ފިލްމުތައް ނެރެ، ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތައް ހޯދާ މަހެކެވެ.

މީގެ ކުރިން ޑިސެމްބަރު މަހު ނެރުނު ރަންބީރް ކަޕޫރުގެ 'އެނިމަލް' އަދި 'ދުރަންދަރް' ފަދަ ފިލްމުތަކުން ވަނީ ބްލޮކްބަސްޓަރ ކާމިޔާބީތަކެއް ހޯދާފައެވެ. އެހެންކަމުން، މި ރެކޯޑުތައް މުގުރާލައި ނުވަތަ އެ ފިލްމުތަކުގެ ކާމިޔާބީގެ ސިލްސިލާ ކުރިއަށް ގެންގޮސްދިނުމުގެ ފުރުސަތު 'އީތާ' އަށް އޮތްކަމަށް ފިލްމީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި ފިލްމާ ބެހޭގޮތުން އަދި މާގިނަ ތަފްސީލުތަކެއް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ ޝްރައްދާ ކަޕޫރު ވަރަށް ތަފާތު ރޯލަކުން ފެނިގެންދާނެ ފިލްމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝްރައްދާގެ ފޭނުން ތިބީ އޭނާ ބޮޑު ސްކްރީނުން ފެންނާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.

އަހަރުގެ ފަހުކޮޅު، ޚާއްޞަކޮށް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފިލްމު އެޅުވުމަކީ ފިލްމަށް ބޮޑު ތަރުހީބެއް ލިބި، ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދުމަށް ފަހިވެގެންދާނެ ކަމެއްކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ވަރަށް ބޮޑަށް އުންމީދުކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC