logoEN
WAMCO TOP 1
24 އަހަރަށްފަހު މަދޫރީ ޓީވީ ހޯސްޓެއްގެ ގޮތުގައި އެނބުރި އަންނަނީ!

24 އަހަރަށްފަހު މަދޫރީ ޓީވީ ހޯސްޓެއްގެ ގޮތުގައި އެނބުރި އަންނަނީ!

ސާރާ އަހުމަދު

logo

8/13/2026, 8:50:00 AM

# ބޮލީވުޑް

--

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް، 24 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު އަނެއްކާވެސް ޓީވީ ޝޯއެއް ހޯސްޓުކުރަން ތައްޔާރުވެއްޖެއެވެ.

THE TRAVELLER AD

މިފަހަރު މަދޫރީ ހޯސްޓުކުރާނީ އިންޑިއާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯ 'ކޯން ބަނޭގާ ކްރޯރްޕަތީ' ގެ މަަރާޓީ ވާޝަން ކަމަށްވާ "ކޯން ހޯނާރް ކްރޯރްޕަތީ" އެވެ. މި ޝޯގެ ފުރަތަމަ ޕްރޮމޯ މިހާރު ވަނީ އާންމުކޮށްފައެވެ. ޕްރޮމޯއިން މަދޫރީ ވަރަށް ފުރިހަމައަށް ފެނިގެންދާއިރު، އޭނާގެ ފޭނުން ތިބީ މި ޝޯ ފެށޭނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.

މަދޫރީ އެންމެ ފަހުން ޓީވީ ޝޯއެއް ހޯސްޓުކޮށްފައިވަނީ 2002 ވަނަ އަހަރުގައެވެ. އެއީ 'ކަހީން ނާ ކަހީން ކޯއީ ހޭ' ކިޔާ މެޗްމޭކިންގ ޝޯއެކެވެ.

އޭގެ ފަހުން ފާއިތުވި އަހަރުތަކުގައި 'ޖަލަކް ދިކްލާ ޖާ' އަދި 'ޑާންސް ދީވާނޭ' ފަދަ މަޝްހޫރު ޑާންސް ޝޯތަކުގެ ޖަޖެއްގެ ގޮތުގައި އޭނާ ފެނިގެންދިޔަ ނަމަވެސް، މިއީ ގާތްގަނޑަކަށް ދެ ދިހަ އަހަރަށްވުރެ ގިނަ ދުވަސްފަހުން އޭނާ މުޅި ޝޯއެއް އެއްކޮށް ހޯސްޓުކުރާ ފުރަތަމަ ފަހަރެވެ.

މަހާރާޝްތްރާ ސްޓޭޓްގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ކޯން ހޯނާރް ކްރޯރްޕަތީ" އަށް މަދޫރީ ފަދަ ބޮޑު ސުޕަރސްޓާރެއް ގެނައުމަކީ، ޝޯގެ ރޭޓިންގ މައްޗަށް ގޮސް، ޝޯގެ މަގުބޫލުކަން އިތުރަށް ބޮޑުވެގެންދާނެ ކަމެއް ކަމަށް ޝޯ އުފައްދާ ފަރާތްތަކުން އުންމީދުކުރެއެވެ.

މަދޫރީއަކީ މަރާޓީ އާއިލާއަކަށް ނިސްބަތްވާ ތަރިއަކަށް ވުމާއެކު، އޭނާގެ މާދަރީ ބަހުން މި ޝޯ ހުށަހަޅައިދިނުމަކީ ބެލުންތެރިންނާ އިތުރަށް ގާތްކަން އުފެދިގެންދާނެ ކަމެއްކަމަށް ފާހަގަކުރެވެއެވެ.

ކޮމެންޓް
ފަހުގެ
HDC