logoEN
WAMCO TOP 1
އެސްޓަން ވިލާ ބަލިކޮށް ޕީއެސްޖީ އިން ޔުއެފާ ސުޕަކަޕް ކާމިޔާބުކޮށްފި

އެސްޓަން ވިލާ ބަލިކޮށް ޕީއެސްޖީ އިން ޔުއެފާ ސުޕަކަޕް ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން

logo

8/13/2026, 4:55:47 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ސުޕަކަޕް# އެސްޓަން ވިލާ # ޕީއެސްޖީ

ޕީއެސްޖީ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު...

ޔުއެފާ ސްޕަރ ކަޕް ފައިނަލުގައި ރޭ 2-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ ބަލިކޮށް ޕީއެސްޖީ އިން ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

THE TRAVELLER AD

ސަލްޒްބާގް ގެ ރެޑްބުލް އެރީނާގައި ކުޅުނު މިމެޗު ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 20 ވަނަ މިނެޓުގައި ޕީއެސްޖީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޚަވިޗާ ކަވަރަޓަސްޚޭލިއާ އެވެ.

މިއީ އެޓީމުގެ ޒުވާން ފޯވާޑް ޑެޒެއާ ޑޫއޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޚަވިޗާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މެޗުގެ 45 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ބްރަޔަން މަޑްޖޯ ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ޕީއެސްޖީ އިން ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑެޒެއާ ޑޫއޭ އެވެ. އަދި މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އުސްމާން ޑެމްބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑޫއޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތިޖާއަކުން ޕީއެސްޖީ ކުރީގައި އޮވެެންނެވެ.

މިއީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އިން މިމުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރުގެ ޔުއެފާ ސުޕަރކަޕް ފައިނަލުގައި ޓޮޓެންހަމް އާއި ވާދަކޮށް 2-2 ގެ ނަތިޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕީއެސްޖީ އިން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

ކޮމެންޓް
ފަހުގެ
HDC