logoEN
WAMCO TOP 1
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް

ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް

ހަސަން ޝަމްއޫން

logo

7/19/2026, 8:47:48 PM

# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރު

އާޖެންޓީނާއި ސްޕެއިން ވާދަކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ސްޕެއިނުން ދެވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

THE TRAVELLER AD

މުބާރާތުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ފްރާންސް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އިންގްލޭންޑް ބަލިކުރުމަށްފަހު އެވެ.

ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސްޕެއިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން އެންމެ ހުސް ފުރުސަތެއް ލިބުނީ ޒުވާން ފޯވާޑް ލަމީން ޔަމާލްއަށެވެ. ނަމަވެސް އާޖެންޓީނާގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ޔާމަލް ފޮނުވާލި ހަމަލާ ކީޕަރު މާޓިނޭޒް ވަނީ ދިފާއުކޮށްފައެވެ.

މީގެ އިތުރުން މިހާފުގައި ސްޕެއިންގެ ގޯލާއި އަމާޒުކޮށް އާޖެންޓީނާއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވާއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ސްޕެއިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ 12 ހަމަލާއެއް އާޖެންޓީނާގެ ގޯލަށް ފޮނުވާލާފައެވެ. އަދި މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައިރު ސްޕެއިންގެ ގޯލަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވާއިރު، އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމުގެ މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓް، އިތުރު ވަގުތުގެ ދެ ހާފު އެޓީމުން ފުރިހަމަކުރީ 10 ކުޅުންތެރިނާއެކު އެވެ. އަދި މިމެޗުން ސްޕެއިން މޮޅުވި ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ފެރާން ޓޮރޭސް އެވެ.

ކޮމެންޓް
ފަހުގެ
HDC