.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
# ފީފާ ވޯލްޑްކަޕް 2026# ބޭރު ދުނިޔޭގެ ކުޅިވަރުއިންގްލޭންޑާއި ފްރާންސް ވާދަކުރި މެޗުގެ ތެރެއިން ސަކާ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ..
ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ބްރައުންޒް މެޑަލް މެޗު ފޯރިގަދަ ކުޅުމަކަށްފަހު 6-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިންގްލޭންޑުން މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ.

މުބާރާތުގެ ސެމީފައިނަލު ފުރަތަމަ މެޗުގައި ސްޕެއިން އަތުން 2-0 ގެ ނަތީޖާއަކުން ފްރާންސް ބަލިވިއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި އާޖެންޓީނާ އަތުން އިންގްލޭންޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އިންގްލޭންޑުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމުގެންދިޔައީ 4-0 ގެ ނަތީޖާއަކުން އިންގްލޭންޑް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ފްރާންސުން ކުޅުން ރަނގަޅުކޮށް ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އިންގްލޭންޑުން ވެސް ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އިންގްލޭންޑް ބަކަޔޯ ސަކާ ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ޑެކްލަން ރައިސް، އެޒްރީ ކޮންސާ އަދި ޖޫޑް ބެލިންގްހަމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. މިމެޗުގައި ބެލިންގްހަމް ކާމިޔާބުކުރި ލަނޑަކީ މިމުބާރާތުގައި އޭނާގެ ހަތްވަނަ ލަނޑެވެ. އަދި މީގެ ކުރިން އެއް މުބާރާތެއްގައި އިންގްލޭންޑްގެ ކުޅުންތެރިއަކު ހަތް ލަނޑު ކާމިޔާބުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން މިމެޗުގައި ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ ދެލަނޑު ކާމިޔާބުކުރިއިރު، ބްރެޑްލީ ބާކޯލާ އަދި އުސްމާން ޑެމްބެލޭ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ކާމިޔާބުކުރި ދެލަނޑާއެކު މިމުބާރާތުގައި އެމްބާޕޭގެ ލަނޑުގެ އަދަދު 10 އަކަށް އެރިއިރު، މިއީ ވޯލްޑްކަޕްގައި މިހާތަނަށް ކުޅުނު 21 މެޗުގައި އޭނާ ކާމިޔާބުކުރި 22 ވަނަ ލަނޑެވެ.
މިއާއެކު ވޯލްޑްކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު އެމްބާޕޭ ހޯދިއިރު، މާދަމާ ރޭ ސްޕެއިން އާއި އާޖެންޓީނާ ވާދަކުރާ މުބާރާތުގެ ފައިނަލުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ދެލަނޑު ނުޖެހިއްޖެނަމަ މިމުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓް ލިބޭނީ ވެސް އެމްބާޕޭ އަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު

ސޮބޮސްލައި ލިވަޕޫލުގެ އެއްބަސްވުން އައުކޮށްފި




