logoEN
WAMCO TOP 1
މޮންޓެރޭ އިން ފަހަތުން އަރައި އިންޓަ މިއާމީ ބަލިކޮށްފި

މޮންޓެރޭ އިން ފަހަތުން އަރައި އިންޓަ މިއާމީ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

8/9/2026, 12:06:03 PM

# އިންޓަ މިއާމީ # ބޭރު ދުނިޔޭގެ ކުޅިވަރު

މޮންޓެރޭއާއި އިންޓަ މިލާން ވާދަކުރި މެޗުގެ ތެރެއިން...

ނޯތު އަދި ސެންޓްރަލް އެމެރިކާގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި އެމެރިކާގެ އިންޓަ މިއާމީ އާއި މެކްސިކޯގެ މޮންޓެރޭ ވާދަކުރި މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮންޓެރޭ އިން ކާމިޔާބުކޮށްފިއެވެ.

THE TRAVELLER AD

މި މުބާރާތުގައި އިންޓަ މިއާމީ ކުޅުނު ފުރަތަމަ މެޗުގައި 4-2 ގެ ނަތީޖާއަކުން މެކްސިކޯގެ އެތްލެޓިކޯ ސަން ލުއިސް އަތުން މޮޅުވެފައިވާއިރު، މޮންޓެރޭގެ ފުރަތަމަ މެޗުގައި އެމެރިކާގެ އޮރްލާންޑޯ ސިޓީއަތުން 2-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަމި ދެޓީމު އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް މޮންޓެރޭ މޮޅުވެފައިވާއިރު، މިއީ އެޓީމު އިންޓަ މިއަމީ އަތުން ޖެހިޖެހިގެން މޮޅުވި ތިންވަނަ މެޗެވެ.

މިއާމީގެ އެންޔޫ ސްޓޭޑިމުގައި ކުޅުނު މިމެޗުގެ ފުރަރަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުފައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އިންޓަ މިއާމީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށް އެޓީމުގެ އާޖެންޓީނާ މިޑްފިލްޑަރު ރޮޑްރިގޯ ޑެ ޕޯލް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު މޮންޓެރޭ އިން ވަރުގަދަކޮށް ފެށިއިރު، މިހާފުގެ ވަރަށްކުރީކޮށްޅު އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ހޫގޯ ކުއައިޕާސް އެވެ. އަދި މިމެޗުން މޮންޓެރޭ މޮޅުވި ލަނޑު ދެވަނަ ހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޑިއޭގޯ ރޮސީ އެވެ.

ކޮމެންޓް
ފަހުގެ
HDC