logoEN
WAMCO TOP 1
ލޯނު ދައްކަން ދައުލަތުން ބޮޑު ހޭދައެއް: މިހާތަނަށް 9.6 ބިލިއަން ރުފިޔާ ދައްކައިފި

ލޯނު ދައްކަން ދައުލަތުން ބޮޑު ހޭދައެއް: މިހާތަނަށް 9.6 ބިލިއަން ރުފިޔާ ދައްކައިފި

އަހުމަދު ޝުރާއު

logo

8/12/2026, 4:33:05 PM

# ފިނޭންސް މިނިސްޓްރީ

މާލެ ސިޓީ: ފޮޓޯ - ޓްރެވަލް ވޮންޑާސް

ދައުލަތުގެ ދަރަނި އަދާކުރުމަށް ސަރުކާރުން ވެފައިވާ އިލްތިޒާމްތައް ފުރިހަމަކުރުމަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ އޯގަސްޓް ހަވަނަ ދުވަހުގެ ނިޔަލަށް ލޯނު ދެއްކުމަށް ޖުމްލަ 9.7 ބިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފިއެވެ.

THE TRAVELLER AD

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 3.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 146 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. ފާއިތުވެދިޔަ ހަފްތާގެ ތެރޭގައިވެސް ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށެވެ.

މިއަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް އެކްސްޕެންޑިޗަރ ވަނީ އަހަރުން އަހަރަށް ބަލާއިރު 20.2 އިންސައްތަ އިތުރުވެ،23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަނަށް ކުރެވުނު ޚަރަދު 9.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަރުކާރު ހިންގުމާއި އިދާރީ ޚަރަދުތައް ވަނީ 14.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އެންމެ ބޮޑަށް އިތުރުވެފައިވަނީ އެހީއާއި ސަބްސިޑީގެ ޚަރަދުތަކެވެ. އެގޮތުން ސަބްސިޑީއަށް ކުރެވުނު ޚަރަދު 75.4 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ވަނީ 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ރިކަރަންޓް ޚަރަދުތަކުގެ އިތުރުން ކެޕިޓަލް ޚަރަދުވެސް ވަނީ ހަތެއް އިންސައްތަ އިތުރުވެ، 3.4 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި ބިމާއި އިމާރާތްތަކަށް ކުރެވުނު ޚަރަދު 1.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާލަމާއި ބަނދަރުތަކަށް 261 މިލިއަން ރުފިޔާ އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް 791.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މިއާއެކު އޯގަސްޓް ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސްގެ ގޮތުގައި 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއް ވަނީ ރެކޯޑުކުރެވިފައެވެ.

ކޮމެންޓް
ފަހުގެ
HDC