logoEN
WAMCO TOP 1
1.1 ބިލިޔަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

1.1 ބިލިޔަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

# ޓީ-ބިލް# ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

1.1 ބިލިޔަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.

THE TRAVELLER AD

ފިނޭންސް މިނިސްޓްރީން މިކަން އިއުލާންކޮށްފައިވަނީ މިއީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ވިއްކާ ޓީ-ބިލްގެ ގޮތުގަ އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކަން ހުޅުވާލި ޓީ-ބިލުގެ ތެރޭގައި ސެޕްޓެންބަރު 7 ވަނަ ދުވަހަށް އަނބުރާ ވިއްކާ ޓީ- ބިލަކާއި ނޮވެންބަރު 16 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ ޓީ-ބިލެއް ހިމެނެ އެވެ. މީގެތެރެއިން ސެޕްޓެންބަރު މަހުގައި އަނބުރާ ދެއްކުމަށް ވިއްކަނީ 265 މިލިޔަން ރުފިޔާގެ ޓީ- ބިލް އަދި ނޮވެންބަރު މަހުގައި އަނބުރާ ދެއްކުމަށް ވިއްކަނީ 55 މިލިޔަން ރުފިިޔާ ޓީ-ބިލެކެވެ.

މީގެއިތުރުން މިއަންނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް 255 މިލިޔަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން ހުޅުވާލާފައިވާއިރު، މި އަންނަ އަހަރުގެ އޮގަސްޓު 9 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 535 މިލިޔަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އަށްވާއިރު، ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީ- ބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ. އަދި މި ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންނެވެ.

ކޮމެންޓް
ފަހުގެ
HDC