logoEN
WAMCO TOP 1
އައިޖީއެމްއެޗްއިން ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރަން ތައްޔާރުވަނީ

އައިޖީއެމްއެޗްއިން ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރަން ތައްޔާރުވަނީ

# އައިޖީއެމްއެޗް# ފިނޭންސް މިނިސްޓްރީ

ރޮބޮޓުގެ އެހީގައި އޮޕަރޭޝަނެއް ކުރަނީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ރޮބޮޓުގެ އެހީގައި އޮޕަރޭޝަންތައް ކުރަން ތައްޔާރުވާން ފަށައިފިއެވެ.

THE TRAVELLER AD

އެ ހޮސްޕިޓަލުން ބުނީ މިމަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މާލީ ވުޒާރާއިން ވަނީ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ނިޒާމު ގެނެސް، އެ ހަރުކޮށް އެއަށް ބޭނުންވާ ތަމްރީނުތައްދީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބީލަމަށް ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީ ވުމަށް ހުށަހެޅުމަށް އެދެއެވެ.

ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500ރ. ނުވަތަ 100 ޑޮލަރު ދައްކަންޖެހޭއިރު، އެއަށްފަހު، އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހަޅަން ވަނީ ހުޅުވާލާފައެވެ. ބީލަން ހުޅުވާނީ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު މެންދުރު 1:00 ޖަހާ އެހައިކަށްހާއިރުއެވެ.މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް އަކީ ބަލިމީހާގެ ހަށިގަނޑުގެ ތެރެއަށް ރޮބޮޓިކް އާލާތްތައް ފޮނުވައިގެން އޮޕަރޭޝަންކުރުމަށް ބޭނުންކުރާ ޒަމާނީ ނިޒާމެކެވެ. މި ނިޒާމު ބޭނުންކޮށްގެ އޮޕަރޭޝަންތައް ކުރާއިރު ހަށިގަނޑުގެ އެތެރެ 3 ޑީ ކޮށް ވަރަށް ސާފުކޮށް ޑޮކްޓަރަށް ފެންނަނާނެއެވެ. މީގެ ސަބަބުން ލޭއަންނަ މިންވަރު މަދުކުރެވި ތަދުކުޑަވެ، ބަލިމީހާ އަވަހަށް ފަސޭހަވެގެން ހޮސްޕިޓަލުން ދޫކޮށްލެވެއެވެ. މި ނިޒާމު ބޭނުންކޮށްގެން ގިނަ ބާވައްތަކުގެ އޮޕަރޭޝަންތައް ކުރެއެވެ.އައިޖީއެމްއެޗްގައި އެންމެ ފަހުން ތަޢާރަފުކޮށް ފަށާފައިވާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރޭގައި ސިކުނޑީގެ ނާރުތަކުގެ ނާޒުކު މައްސަލަތަކަށް ދޭ އެންޑޯވާސްކިއުލާ ނިއުރޯސާޖަރީ (އެންޖިއޯޕްލާސްޓީ އަދި ކޮއިލިންގ) އާއި، ބަރުދަން ލުއިކުރުމަށް ކުރާ ބޭރިއޭޓްރިކް ސާޖަރީ ހިމެނެއެވެ. މީގެ އިތުރުން، ކުދިކުދި ލޯވަޅުތަކުން ކުރާ ލެޕްރޯސްކޮޕިކް ކައްޓާއި އާދައިގެ ސާޖަރީތަކާއި ޔުރޯލޮޖީގެ އެޑްވާންސްޑް އޮޕަރޭޝަންތައްވެސް މިހާރު އަންނަނީ އެ ހޮސްޕިޓަލުގައި ކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC