logoEN
WAMCO TOP 1
މާލެ ސިޓީ ކައުންސިލުން ޕްލާސްޓިކް ކުނި މެނޭޖްކުރުމަށް އައު ފިޔަވަޅުތަކެއް އަޅަނީ

މާލެ ސިޓީ ކައުންސިލުން ޕްލާސްޓިކް ކުނި މެނޭޖްކުރުމަށް އައު ފިޔަވަޅުތަކެއް އަޅަނީ

އަހުމަދު ޝުރާއު

logo

8/12/2026, 4:05:24 PM

# މާލެ ސިޓީ ކައުންސިލް

-

މާލެ ސިޓީ ކައުންސިލުގެ ވޭސްޓް މެނޭޖްމަންޓް ކޮމިޓީ އާއި ވޭސްޓް މެނޭޖްމަންޓް ސެކްޝަން ގުޅިގެން، އެކި ޖަމިއްޔާ ޖަމާއަތްތަކާއެކު މާލެ ސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފުޅާކުރުމަށް ނިންމައިފިއެވެ.

THE TRAVELLER AD

މިގޮތުން ހާއްސަކޮށް ޕްލާސްޓިކް ކަލެކްޓް ކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ ފާސްކޮށްފައެވެ. މިކަން ކުރުމަށް ކައުންސިލުން ނިންމާފައިވަނީ ބުދަ ދުވަހު ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ބާރަވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ޒަހިއްޔާ ވިދާޅުވީ، މިއީ ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އެކި ފަރާތްތަކާ ބައްދަލުކުރެއްވުމުން އެފަރާތްތަކުން ކައުންސިލަށް ދެއްވި ލަފައެއް ކަމަށެވެ. އަދި މިހާރު މާލެ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކަކީ ހުރިހާ ބާވަތެއްގެ ތަކެތި އެއްކޮށް އެޅޭ ގޮތަށް ހުންނަ ޑަސްބިންތަކަކަށްވުމުން، އެ ޑަސްބިންތަކުގެ ބޭނުން އެންމެ އެކަށީގެންވާ ނޭދެވޭ ގޮތުގައި ބޭނުންކުރަމުންދާކަން އެ ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށްވެސް ކައުންސިލަރު ވިދާޅުވިއެވެ.

ހުޅުމާލޭގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ޒަހިއްޔާ ފާހަގަކުރެއްވީ، ވަކި ބާވަތްތަކަކަށް ހާއްސަ ކުރެވިފައިވާ މިފަދަ ޑަސްބިންތައް ބަހައްޓަންޖެހޭ ގިނަ ސަރަހައްދުތަކެއް ހުޅުމާލޭގައިވެސް ހުރި ކަމަށެވެ. އެގޮތުން ޚާއްސަކޮށް ފޭސް އެކެއް އަދި ފޭސް ދޭއް ގުޅުވާލާ ބުރިޖު ސަރަހައްދުގައި އޮންނަ މޫދަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އުކާލާކަން ފާހަގަކުރެވޭތީ، އެ ސަރަހައްދުގެ ދެ ފަރާތުގައިވެސް މިފަދަ ގިނަ އަދަދެއްގެ ޑަސްބިންތައް ބަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އެކި ސަރަހައްދުތަކުގައި ޕްލާސްޓިކް ފުޅިއާއި އެނާޖީ ޑްރިންކް ދަޅުފަދަ ތަކެތި އުކާލުމަށް ހާއްސަ ޑަސްބިން ބެހެއްޓުމަކީ ކުނި މަދުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ. މިފަދަ ހާއްސަ ޑަސްބިންތައް އާންމު ސަރަހައްދުތަކުގައި ބެހެއްޓުމުން މަގުތަކަށާއި ގުދުރަތީ މާހައުލަށް ކުނި އަޅާ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވިގެންދާނެއެވެ.

އަދި އާންމުންނަށް ފަސޭހައިން ކުނި އުކާލެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ މަގުމައްޗަށާއި އަތިރިމައްޗަށް މިފަދަ ޒާތުގެ ކުނި އުކާލުމުގެ ނުރަނގަޅު އާދަ ނައްތާލުމަށްވެސް މަގުފަހިވެގެންދާނެ ކަމެކެވެ. މީގެ އިތުރުން، މިފަދަ ނިޒާމެއް ގާއިމުކުރުމުން މަގުތަކާއި، ޕާކްތަކާއި، ބަސް ހުއްޓިތަކުގެ އިތުރުން އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ދެކެއެވެ.

ސާފުތާހިރު މާހައުލެއް ބެލެހެއްޓުމަކީ މަދިރި އާލާވުން މަދުކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމަށްވެސް ކުރެވޭނެ މުހިންމު މަސައްކަތެކެވެ. އާންމު ސަރަހައްދުތަކުގައި ވަކި ބާވަތްތަކަކަށް ހާއްސަކުރެވިފައިވާ ޑަސްބިންތައް ބެހެއްޓުމަކީ ތިމާވެށްޓަށް އާންމުން ހޭލުންތެރިކުރުވައި، ޒިންމާދާރުގޮތެއްގައި ކުނި އުކާލުމުގެ އާދަ މުޖުތަމައުގައި އަށަގަންނުވައިދޭނެ ކަމެއްކަން ޔަގީނެވެ. މިއީ މާލެ ސިޓީގެ ރީތިކަމާއި ސާފުތާހިރުކަން ދެމެހެއްޓުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.

ކޮމެންޓް
ފަހުގެ
HDC