
ދިރާގުގެ ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީގެ މައުލޫމާތު ރަނގަޅުތޯ ޔަގީންކުރުމަށް އިލްތިމާސްކޮށްފި
# ދިރާގުފޮޓޯ: ދިރާގު
ދިރާގުގެ ހިއްސާދާރުންގެ ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް ދޫކުރުމަށްޓަކައި، ހިއްސާދާރުންގެ 'ޓެކްސް ރެޒިޑެންސީ ސްޓޭޓަސް' (ޓެކްސް ދައްކަންޖެހޭ ގައުމު)ގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށްފަހު، އެ މައުލޫމާތު އަޕްޑޭޓްކުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 25/2019) ގެ 55ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޓެކްސް ރެޒިޑެންޓުން ނޫން ފަރާތްތަކަށް ދޭ ފައިދާއިން %10 ގެ ރޭޓުން 'ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް' އުނިކުރަންޖެހެއެވެ.
މީގެ އިތުރުން، ފައިދާ ދޫކުރާ ވަގުތު އެއީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ނަމަ، އެ ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދައްކަންޖެހޭ ޓެކްސް އުނިކުރުމަށް ކުންފުންޏަށް ލާޒިމުކުރެއެވެ.
އެހެންކަމުން، ޓެކްސް ރެޒިޑެންސީ މައުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ ހިއްސާދާރުން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (MSD) ގެ ޕޯޓަލް މެދުވެރިކޮށް، ނުވަތަ، 'ޝެއަރހޯލްޑަރ އިންފޮމޭޝަން ފޯމު' ފުރިހަމަކުރުމަށްފަހު އަށް އީމެއިލް ކުރުމަކީ ދިރާގުގެ ވަރަށް ބޮޑު އެދުމެކެވެ.
ގުޅުންހުރި

ދިރާގުގެ ހިއްސާދާރުންގެ ޓެކްސް ރެސިޑެންސީގެ މައުލޫމާތު ރަނގަޅުތޯ ޔަގީންކުރުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތުގެ ކޮލިފަޔަރ ރެޖިސްޓްރޭޝަން ހުޅުވާލައިފި




