
ފޮޓޯ: ދިރާގު
ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިންގ މުބާރާތް ކަމުގައިވާ 'ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026' (ޑީއެމްޖީސީ 2026)ގެ މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ރޮކެޓް ލީގު ކޮލިފަޔަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މި ގޮތުން، މި ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގައެވެ.
މި އަހަރުގެ ޑީއެމްޖީސީގައި ވެސް މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ އެކި ގޭމްތައް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް، ރޮކެޓް ލީގު، އެފްސީ26 އަދި ޓެކެން 8 ހިމެނެއެވެ. ކުޅުންތެރިންނަށް ފައިސާގެ އިނާމު ހޯދުމުގެ އިތުރުން، ކޮލިފަޔަރތަކުން ކުރިހޯދައިގެން ޑީއެމްޖީސީގެ މެއިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތުގެ އެމްއެލްބީބީ ކޮލިފަޔަރގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު 6 އޯގަސްޓުން ފެށިގެން 13 އޯގަސްޓް 2026 ގެ ރޭގަނޑު 11:59 އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ. މި ކޮލިފަޔަރގެ ޖުމްލަ އިނާމު ފައިސާގެ ގޮތުގައި 10,000 ރުފިޔާ ކަނޑައަޅައިފައިވާއިރު، މީގެ ތެރެއިން ޗެމްޕިއަން ޓީމަށް 5,000 ރުފިޔާ، ރަނަރ-އަޕް އަށް 3,000 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 2,000 ރުފިޔާ ލިބިގެންދާނެއެވެ.
މުބާރަތުގެ ރޮކެޓް ލީގު ކޮލިފަޔަރގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު 6 އޯގަސްޓުން ފެށިގެން 13 އޯގަސްޓް 2026 ގެ ރޭގަނޑު 11:59 އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ. މި ކޮލިފަޔަރގެ ޖުމްލަ އިނާމު ފައިސާގެ ގޮތުގައި 5,000 ރުފިޔާ ކަނޑައަޅައިފައިވާއިރު، މީގެ ތެރެއިން ޗެމްޕިއަން ޓީމަށް 2,500 ރުފިޔާ، ރަނަރ-އަޕް އަށް 1,500 ރުފިޔާ އަދި ތިންވަނައަށް ދާ ޓީމަށް 1,000 ރުފިޔާ ލިބިގެންދާނެއެވެ.
އަދި، ޕަބްޖީގެ ކޮލިފަޔަރގެ ރެޖިސްޓްރޭޝަން ހުޅުވުމަށް ހަމަޖެހިފައިވަނީ 19 އޮގަސްޓު 2026ގައެވެ. މި ކޮލިފަޔަރއާ ބެހޭ އިތުރު ޑީޖީޖީއިން ވަރަށް އަވަހަށް އިއުލާނުކުރާނެއެވެ.
މި ކޮލިފަޔަރތަކުގައި ބައިވެރިވެ މި ވަރުގަދަ މުބާރާތުގައި ހުނަރި ދައްކާލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ގޭމް ކުޅުންތެރިއަކަށް ވެސް މިހާރު މި ވަނީ ހުޅުވިގެންގޮސްފައެވެ. އަދި ބައިވެރިވުމަށް އެއްވެސް ފީ އެއްވެސް ދައްކާކަށް ނުޖެހޭނެއެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމްގެ ކަމުގައިވާ ޑީ.ޖީ.ޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިންގ ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މުބާރާތާއި ޑީ.ޖީ.ޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބިގެންދާނެއެވެ.
ގުޅުންހުރި

ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް މުބާރާތުގެ ކޮލިފަޔަރ ރެޖިސްޓްރޭޝަން ހުޅުވާލައިފި

ދިރާގު މާލެ އޯޕަން 2026 އަށް ތައްޔާރުވުމުގެ ގޮތުން ގޮނޑުދޮށް ސާފުކުރުމާއި ސޯޝަލް ސްވިމް ހަރަކާތެއް
ދިރާގު މާލެ އޯޕަން ގައި ރަޖިސްޓަރކުރުމުގެ ފުރުސަތު 9 އޮގަސްޓުގެ ނިޔަލަށް އިތުރުކޮށްފި




