logoEN
WAMCO TOP 1
ދިރާގު މާލެ އޯޕަން 2026 އަށް ތައްޔާރުވުމުގެ ގޮތުން ގޮނޑުދޮށް ސާފުކުރުމާއި ސޯޝަލް ސްވިމް ހަރަކާތެއް

ދިރާގު މާލެ އޯޕަން 2026 އަށް ތައްޔާރުވުމުގެ ގޮތުން ގޮނޑުދޮށް ސާފުކުރުމާއި ސޯޝަލް ސްވިމް ހަރަކާތެއް

# ދިރާގު

ފޮޓޯ: ދިރާގު

ދިރާގު މާލެ އޯޕަން 2026 ފެތުމުގެ މުބާރާތަށް ތައްޔާރުވުމަށާއި ފެތުންތެރިންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މަގުސަދުގައި 'ކްލީން އަޕް އެންޑް ސޯޝަލް ސްވިމް' ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

THE TRAVELLER AD

ދިރާގުން ބުނީ މި ހަރަކާތްތައް ކުރިއަށްދާނީ މި މަހުގެ 8 އަދި 15 ދުވަހު ރަސްފަންނުގައި ކަމަށެވެ.

މި ދެ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ ގޮނޑުދޮށް ސާފުކުރުމާއެކުގައެވެ. އެއަށްފަހު، ހުރިހާ ބައިވެރިން އެކުގައި ފެތުމުގެ ހަރަކާތެއް ކުރިއަށްދާނެކަމަށް ބުނެއެވެ. އަދި މިއީ ފެތުންތެރިން އެކަކު އަނެކަކާ ބައްދަލުވެ، ގުޅުން ބަދަހިކޮށް، އާއިލާއާއި ރައްޓެހިންނާ އެކުގައި މޫދުގެ ހިތްގައިމުކަން ތަޖުރިބާކޮށްލުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްކަމުގައި ފާހަގަކުރެއެވެ.

މީގެ އިތުރުން، މިއީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ވެސް ބާރުއެޅިގެންދާނެ ހަރަކާތަކަށްވާއިރު، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ދިރާގު މާލެ އޯޕަން ފެތުމުގެ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އަދި 22 އޮގަސްޓު 2026 ގައި ރަސްފަންނުގައެވެ.

ވީހާވެސް ގިނަ ފެތުންތެރިންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 9 އޮގަސްޓު 2026ގެ ނިޔަލަށް އިތުރުކޮށްފައެވެ. އެހެންކަމުން، މި މުބާރާތުގެ 1 ކިލޯމީޓަރ، 500 މީޓަރ، 250 މީޓަރ އަދި، މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް https://swimmaldives.org/male-open-2026/#register މެދުވެރިކޮށް ރެޖިސްޓަރކުރެވޭނެއެވެ.

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
ފަހުގެ
HDC