logoEN
WAMCO TOP 1
ދިރާގު މާލެ އޯޕަން ގައި ރަޖިސްޓަރކުރުމުގެ ފުރުސަތު 9 އޮގަސްޓުގެ ނިޔަލަށް އިތުރުކޮށްފި

ދިރާގު މާލެ އޯޕަން ގައި ރަޖިސްޓަރކުރުމުގެ ފުރުސަތު 9 އޮގަސްޓުގެ ނިޔަލަށް އިތުރުކޮށްފި

# ދިރާގު

ފޮޓޯ: ދިރާގު

ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓަރ ފެތުމުގެ މުބާރާތް ކަމުގައިވާ 'ދިރާގު މާލޭ އޯޕަން' ފެތުމުގެ މުބާރާތުގައި ވީހާވެސް ގިނަ ފެތުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މި މުބާރާތަށް ރަޖިސްޓަރކުރުމުގެ ފުރުސަތު 9 އޮގަސްޓު 2026 ނިޔަލަށް އިތުރުކޮށޮފިއެވެ.

THE TRAVELLER AD

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އަދި 22 އޮގަސްޓުގައި ރަސްފަންނުގައެވެ.

ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފޯރިގަދަ 'ދިރާގު މާލޭ އޯޕަން' ސްވިމިންގ މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.

ދިރާގު މާލޭ އޯޕަންގެ 1 ކިލޯމީޓަރ، 500 މީޓަރ، 250 މީޓަރ އަދި، މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު https://swimmaldives.org/male-open-2026/#register މެދުވެރިކޮށް ވަނީ ހުޅުވައިލައިފައެވެ. އަދި، 9 އޮގަސްޓު 2026ގެ ނިޔަލަށް މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރކުރެވޭނެއެވެ.

ވޭތުވެ ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އުމުރުން 6 އަހަރުން ފެށިގެން ގޮސް 70 އަހަރުން މަތީގެ ފެތުންތެރިން ވެސް ހިމެނެއެވެ.

ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް
ފަހުގެ
HDC