
އޮން-ސައިޓް ކޮމްޕޯސްޓިންގ ޕްރޮގްރާމާއިއެކު ރާއްޔާ ރިސޯޓުން ތިމާވެށީގެ ބޮޑު ކާމިޔާބީއެއް ހޯދައިފި
# ވިޒިޓް މޯލްޑިވްސް-
ރ. އަތޮޅުގައި އޮންނަ "ރާއްޔާ ބައި އެޓްމޮސްފިއަރ" އަށް ބައިނަލްއަޤުވާމީ ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ.

ޒިންމާދާރު ހޮސްޕިޓާލިޓީއާއި ތިމާވެށި ރައްކާތެރިކުރުމަށް އެ ރަށުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެ ރިސޯޓަށް ލިބިފައިވަނީ "އިންޓަރނޭޝަނަލް ސަސްޓެއިނިބިލިޓީ އެވޯޑްސް 2026" ގެ އެވޯޑެވެ.
މި އެވޯޑު ލިބުމުގެ އެންމެ ބޮޑު އަސާސަކަށް ވެފައިވަނީ، 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އެ ރަށުގައި ތައާރަފުކުރި އޮން-ސައިޓް ކޮމްޕޯސްޓިންގ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން، މޭވާއާއި ތަރުކާރީގެ ބާކީބައި، ކޮފީ ކުނޑި، އަދި ބިހުގެ ބޯދަފަދަ ހުރިހާ ވެޓް އޯގަނިކް ކުނިއެއް އެ ރަށުގައި ޕްރޮސެސްކޮށް، ގަސްގަހާގެއްސަށް ބޭނުންވާ ފަތްޕިލާވެލީގެ ކާނާއަށް ބަދަލުކުރެއެވެ.
މި ކާމިޔާބީގެ ދަށުން މަހެއްގެ މައްޗަށް ގާތްގަނޑަކަށް 600 ކިލޯގެ އޯގަނިކް ކުނި ކޮމްޕޯސްޓަށް ބަދަލުކުރެވެމުންދާއިރު، ރަށުން ބޭރަށް އެއްވެސް ކާނާގެ ކުންޏެއް ނުފޮނުވައެވެ. އަދި ރަށުން ބޭރަށް ކުނި އުފުލުމުގެ ބަދަލުގައި އެ ރަށުގައި މެނޭޖްކުރުމުގެ ސަބަބުން މަހަކު ގާތްގަނޑަކަށް 2,400 އެމެރިކާ ޑޮލަރު ސަލާމަތްވެ، ކުނި ޓްރާންސްފަރ ވެސެލްއެއް ބޭނުންވަނީ އެންމެ ދެ މަހުން އެއް މަހު ރީސައިކަލް ކުރާ ތަކެތި އުފުލުމަށް އެކަންޏެވެ.
މީގެ އިތުރުން ރަށުގެ ސޯލާ ޕަވަރ ޕްރޮޑަކްޝަން ވަނީ 2024 ވަނަ އަހަރުގެ 382,856 ކިލޯވޮޓްއަވަރުން 2025 ވަނަ އަހަރު 1,541,286 ކިލޯވޮޓްއަވަރަށް ބޮޑުތަނުން އިތުރުވެފައެވެ.
މިހާރު ރަށުގެ ކަރަންޓު ބޭނުންވާ މިންވަރުގެ 21 އިންސައްތަ ހިއްސާކުރަނީ ސޯލާ ހަކަތައިން ކަމަށްވާއިރު، ކާބަން ޑައިއޮކްސައިޑް މަދުވި މިންވަރު ވަނީ 541 މެޓްރިކް ޓަނުން 1,097 މެޓްރިކް ޓަނަށް އިތުރުވެފައެވެ.
ގުޅުންހުރި

އޮން-ސައިޓް ކޮމްޕޯސްޓިންގ ޕްރޮގްރާމާއިއެކު ރާއްޔާ ރިސޯޓުން ތިމާވެށީގެ ބޮޑު ކާމިޔާބީއެއް ހޯދައިފި

ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ އޮފިޝަލް ލޯކަލް އެއަރލައިން ޕާޓްނަރަކަށް މޯލްޑިވިއަން!

އޮސްޓްރޭލިއާ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ވިޒިޓް މާލްޑިވްސްއިން ޚާއްޞަ ރޯޑްޝޯއެއް ފަށައިފި




