logoEN
WAMCO TOP 1
އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރަން ވިޒިޓް މޯލްޑިވްސްގެ ކަލްޗަރަލް އެމްބެސެޑަރަކަށް  ލަވަކިޔުންތެރިޔާ ބާދުޝާހް!

އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރަން ވިޒިޓް މޯލްޑިވްސްގެ ކަލްޗަރަލް އެމްބެސެޑަރަކަށް ލަވަކިޔުންތެރިޔާ ބާދުޝާހް!

އަހުމަދު ޝުރާއު

logo

7/20/2026, 3:46:45 PM

# ވިޒިޓް މޯލްޑިވްސް

-

އިންޑިއާގެ މަޝްހޫރު މިއުޒިކް ސުޕަރސްޓާރު، ޓީވީ ޝަޚުޞިއްޔަތު އަދި "ވިޒިޓް މޯލްޑިވްސް" ގެ ކަލްޗަރަލް އެމްބެސަޑަރު ބާދްޝާހްއާއެކު އިންޑިއާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

THE TRAVELLER AD

އެމްއެމްޕީއާރްސީން ވަނީ 2026 ވަނަ އަހަރު އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ބާދްޝާހުއަށް ޚާއްސަ ޕްރޮމޯޝަނަލް ދަތުރެއް ރާއްޖޭގައި ކުރިޔަށް ގެންގޮސްފައި އެވެ. ހައިޑްއަވޭ ބީޗް ރިޒޯޓް އެންޑް ސްޕާގައި ކުރިއަށްދިޔަ މި 4 ދުވަހުގެ ދަތުރަކީ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކޮށް، ޑިޖިޓަލް މީޑިއާ މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރުމަށް ރޭވިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ރާއްޖެ އިޝްތިހާރުކުރުމުގެ ދަތުރުގެ ތެރެއިން ބާދްޝާހް ވަނީ ރާއްޖޭގެ ރިޒޯޓުތަކުން ލިބެންހުންނަ މަތީ ފެންވަރުގެ ޚިދުމަތްތަކާއި، ވެލްނެސް، މޫދު ކުޅިވަރުތައް، ޕްރައިވެޓް ޔޮޓް ދަތުރުތައް އަދި ދިވެހި ސަގާފީ އިވެންޓްތައް ތަޖުރިބާކޮށްފައެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކުރާ ޚާއްސަ އިންސްޓަގްރާމް ރީލްސް، ފޮޓޯ، އަދި ޔޫޓިއުބް ވްލޮގްތައް އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ ބިލިއަނުން ގުނާލެވޭ ފޭން ބޭސެއް އޮންނަ ބާދްޝާހްގެ ސަޕޯޓަރުންގެ މެދުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަން އިތުރުވެގެންދާނެ ކަމެކެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ނުހަނު މުހިންމު މާކެޓެކެވެ. އަވަށްޓެރި ޤައުމަކަށްވުމާއި، ސީދާ ދަތުރުތައް ގިނަވުމުގެ އިތުރުން، އިންޑިއާގެ މެދުފަންތިއާއި މުއްސަނދިންގެ އާބާދީ އިތުރުވަމުންދިއުމަކީ ރާއްޖެއަށް އޮތް ބޮޑު ފުރުސަތެކެވެ. މީގެ ކުރިން 2020، 2021، 2022 އަދި 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓަކީ އިންޑިއާއެވެ. އެގޮތުން 2023 ވަނަ އަހަރު އެކަނިވެސް އިންޑިއާއިން 209,193 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، މުޅި މާކެޓުގެ 11.1 އިންސައްތަ ހިއްސާކުރިއެވެ.

2026 ޖުލައި 19 ގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 68,933 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިންޑިއާ އުޅެނީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައެވެ. މި މުއްދަތުގައި މުޅި ދުނިޔެއިން ރާއްޖެއަށް 1,154,980 ފަތުރުވެރިން ވަނީ އައިސްފައެވެ.

ވިޒިޓް މޯލްޑިވްސްއިން އަމާޒުހިފާފައިވަނީ ބާދްޝާހް ފަދަ ބައިނަލްއަޤްވާމީ ފެންވަރުގެ ނުފޫޒުގަދަ ތަރިންނާއެކު ޕާޓްނަޝިޕްތައް ހަދައިގެން، އިންޑިއާ މާކެޓު އަލުން ކުރީގެ ވަރުގަދަ މަޤާމަށް ގެންދިއުމަށެވެ.

ކޮމެންޓް
ފަހުގެ
HDC