logoEN
WAMCO TOP 1
ވޭވަށުގެ ޔުޓިލިޓީ ޚިދުމަތްތައް ފުރިހަމަކުރުމަށް ސްޓެލްކޯއިން އަމަލީ މަސައްކަތް ފަށައިފި

ވޭވަށުގެ ޔުޓިލިޓީ ޚިދުމަތްތައް ފުރިހަމަކުރުމަށް ސްޓެލްކޯއިން އަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

8/11/2026, 12:22:44 PM

# ސްޓެލްކޯ

-

މ ވޭވަށުގެ ޔުޓިލިޓީ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލުވުމަށްފަހު، އެ ރަށުގައި ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތުގެ ތެރެއިން، އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބެހެއްޓުމަށް ނިންމާފައިވާ ޕެނަލް ބޯޑު އެ ރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

THE TRAVELLER AD

ސަރުކާރުގެ ބައެއް ކުންފުނިތައް ކޮޅަށްޖަހައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ފަށާފައިވާ އިޞްލާޙީ ފިޔަވަޅުތަކުގެ ދަށުން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މ. އަތޮޅުގެ 8 ރަށަކަށް ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުއެވެ.

ވޭވަށުގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި އެ ކުންފުނިން ދަނީ ކުރަމުންނެވެ.

މިގޮތުން ބައެއް ރަށްރަށަށް ބޭނުންވާ އިތުރު ޖެނެސެޓުތައް ފޮނުވުމާއި، މިހާރު ބޭނުންކުރަމުންދާ ޖެނެސެޓުތައް އޯވާހޯލް ކުރުމުގެ މަސައްކަތްތައްވެސް ހިމެނޭކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC