logoEN
WAMCO TOP 1
އިންޑަސްޓްރީގެ ބޭނުންތަކާ އެއްގޮތަށް މީހުން ބިނާކުރުމަކީ މުހިންމު ކަމެއް - ޒޫޝާން

އިންޑަސްޓްރީގެ ބޭނުންތަކާ އެއްގޮތަށް މީހުން ބިނާކުރުމަކީ މުހިންމު ކަމެއް - ޒޫޝާން

އަހުމަދު ޝުރާއު

logo

8/11/2026, 7:52:08 AM

# ސްޓެލްކޯ

-

އިންޑަސްޓްރީގެ ބޭނުންތަކާ އެއްގޮތަށް މީހުން ބިނާކުރުމަކީ މުހިންމު ކަމެއް ކަމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ޒޫޝާން މިފަދައިން ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފުންނަށް ފެށި ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންެވެ.

ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކޮށް ޤާބިލުކަން އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުންނާއި އަތޮޅުތެރޭގެ އިންޖީނުގެތަކުން ޖުމްލަ 76 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިއަދު ފެށިގެން ކުރިއަށްދާ 4 ކޯހަކީ ސެޓްފިކެޓް ލެވެލް 3 ގެ އިލެކްޓްރީޝަން ކޯހާއި، އެއަރކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން ކޯހާއި، ވެލްޑިންގ އެންޑް މެޓީރިއަލް ފެބްރިކޭޝަން ކޯހުގެ އިތުރުން އޮޓޯމޯޓިވް މެއިންޓަނެންސް ކޯހެވެ. އެ މުވައްޒަފުން ވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޯގަސްޓް 2026 އިންޓޭކުގައި ބައިވެރިވެ ކޯސްތައް ފަށާފައެވެ.

ޕޮލިޓެކްނިކާ ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ފާހަގަކުރެއްވުނު އެންމެ ބޮޑު އެއް ކަމަކީ އިންޑަސްޓްރީއާއި ތަޢުލީމުދޭ މަރުކަޒުތަކާ ދެމެދު އޮތް ފަރަގު ކަމަށާއި، ޤައުމަށް ބޭނުންވާ ފަންނީ މީހުން އުފެއްދޭނީ އެ ފަރަގު ނައްތާލައިގެން ކަމަށް ޒޫޝާން ވިދާޅުވިއެވެ.

އަދި ޓެކްނިކަލް މަރުކަޒެއްގެ ހައިސިއްޔަތުން ތަމްރީނުތައް ދެމުން ގެންދަންޖެހޭނީ ސީދާ އިންޑަސްޓްރީގެ ބޭނުންތަކަށް ރިއާޔަތްކޮށްގެން ކަމަށާއި، ނޫންނަމަ އެ މަރުކަޒެއް ވެގެންދާނީ ހަމައެކަނި ސެޓްފިކެޓާއި އުފެއްދުންތައް ނެރޭ ފެކްޓްރީއަކަށް ކަމަށާއި، އޭގެ ސަބަބުން އެއްވެސް ބޭނުމެއް ނުހިފޭނެ ކަމަށް ޒޫޝާން ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC