logoEN
WAMCO TOP 1
މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފުންނަށް ލެވެލް 3 ގެ ހަތަރު ކޯހެއް ފަށައިފި

މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފުންނަށް ލެވެލް 3 ގެ ހަތަރު ކޯހެއް ފަށައިފި

އަހުމަދު ޝުރާއު

logo

8/11/2026, 7:40:11 AM

# ސްޓެލްކޯ

-

ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކޮށް ޤާބިލުކަން އިތުރުކުރުމުގެ މަޤުސަދުގައި، މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ސެޓްފިކެޓް ލެވެލް 3 ގެ 4 ކޯހެއް ރަސްމީކޮށް ފަށައިފިއެވެ.

THE TRAVELLER AD

ސްޓެލްކޯގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސެޓްފިކެޓް ލެވެލް ޙާޞިލުކުރުމަށް ހުޅުވާލި މި ފުރުޞަތުގައި، ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުންނާއި އަތޮޅުތެރޭގެ އިންޖީނުގެތަކުން ޖުމްލަ 76 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެ މުވައްޒަފުން ވަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އޯގަސްޓް 2026 އިންޓޭކުގައި ބައިވެރިވެ ކޯސްތައް ފަށާފައެވެ.

މިއަދު ފެށިގެން ކުރިއަށްދާ 4 ކޯހަކީ:

  1. ސެޓްފިކެޓް ލެވެލް 3 ގެ އިލެކްޓްރީޝަން ކޯސް
  2. އެއަރކޮންޑިޝަނިންގ އެންޑް ރެފްރިޖަރޭޝަން ކޯސް
  3. ވެލްޑިންގ އެންޑް މެޓީރިއަލް ފެބްރިކޭޝަން ކޯސް
  4. އޮޓޯމޯޓިވް މެއިންޓަނެންސް ކޯސް

މި ކޯސްތަކަކީ ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ފަންނީ ހުނަރާއި ޤާބިލުކަން އިތުރުކޮށް، ޤައުމީ ފެންވަރުގައި ބަލައިގަނެވޭ ފެންވަރުގެ ސަނަދެއް މުވައްޒަފުންނަށް ހޯދައިދިނުމަށްޓަކައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. މި ކޯސްތައް ފެށުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯއާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް
ފަހުގެ
HDC