.jpg&w=3840&q=75)
މާލެ ސަރަހައްދުން އިތުރު 17 މީހަކަށް ހިމަބިހިޖެހި، ރާއްޖެއިން މި ބަލި ޖެހުނު ޖުމްލަ އަދަދު 216 އަށް އަރައިފި
# ހިމަބިހި-
މާލެ ސަރަހައްދުން ފާއިތުވި ހަފްތާގައި ހިމަބިހި ޖެހިގެން އިތުރު 17 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއާއެކު މިއަހަރު ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 216 އަށް އަރާފައެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެކުރިއާ އަޅާބަލާއިރު މިހާރު މިވަނީ ހިމަބިހީގެ ކޭސްތައް ފެންނަ މިންވަރު މަދުވާން ފަށާފައެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށްވާ ހިމަބިހީގެ ފުރަތަމަ ކޭސް މާލެ ސަރަހައްދުން ފެނިފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ޢަމލުކުރަން ފަށައި، މޮނީޓަރކުރުމާއި، ބަލިޖެހިފައިވާ މީހުން ހޯދުމާއި، ވެކްސިން ދިނުމުގެ މަސައްކަތް ވަރުގަދަކޮށްފައެވެ.
މެއި އަދި ޖޫން މަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ ނިސްބަތް ކޮންމެ ހަފްތާއެއްގައިވެސް އިތުރުވަމުންދިޔަ ނަމަވެސް، ޖުލައި މަހުގެ މެދާހިސާބުން ފެށިގެން ބަލިޖެހޭ މީހުންގެ ނިސްބަތްވަނީ ދަށަށްދާން ފަށާފައެވެ.
ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމުގެ ދަށުން، މިހާތަނަށް ޖުމްލަ 14,701 މީހަކަށް ވަނީ ވެކްސިން ދީފައެވެ. ބަލި ކޮންޓްރޯލް ކުރުމަށް ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
މާލެ ސަރަހައްދުން އިތުރު 17 މީހަކަށް ހިމަބިހިޖެހި، ރާއްޖެއިން މި ބަލި ޖެހުނު ޖުމްލަ އަދަދު 216 އަށް އަރައިފި
މިދިޔަ ހަފްތާގައި ހިމަބިހި ޖެހިގެން ރިޕޯޓުކުރީ 13 މީހުން

ރާއްޖެެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމުލަ އަދަދި 186 އަށް އަރައިފި
.jpg&w=3840&q=75)



