.jpg&w=3840&q=75)
އެޗްޕީއޭ
އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ތިންވަނަ ފޭސްގެ ދަށުން 49 އަހަރުން ދަށުގެ ދެ ޑޯޒް ފުރިހަމަވެފައި ނުވާ މީހުންނަށް ވެކްސިން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭއިން ބުނީ މި މީހުންނަށް ވެކްސިން ދޭން ހަމަޖެހިފައިވަނީ 07 ޖުލައި އިން 30 ޖުލައިގެ ނިޔަލަށް ކަމަށެވެ.
ބަލީގެ އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރު ހިމަބިހީގެ 121 ކޭސް ފެނިފައިވާއިރު، މިދިޔަ ހަފްތާ ތެރޭގައި ވަނީ 55 ކޭސް ފެނިފަ އެވެ.
ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ފަށާފައިވާއިރު މިހާރު ވަނީ 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދީ ނިންމައިފައެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް އައުޓްބްރޭކެއް އައުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދަނީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ.މާލޭގައި ވެކްސިންދޭ ތަންތަނާއި ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ އާންމުކޮށްފަ އެވެ. އަތޮޅުތަކުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް އެ މަރުކަޒަކުން ވަކިން އިއުލާނުކުރާނެ އެވެ.
އެޗްޕީއޭއިން ބުނީ ހިމަބިހީގެ ވެކްސިންއަށް ޤައުމީ ވެކްސިން ތާވަލުގެ ތެރެއިންދޭ އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ 2 ޑޯޒް ދެމުންދާ ކަމަށެވެ. ވެކްސިން ޑޯސޭޖް ޞިއްޙީ ޚިދުމަތް މާލޭގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ އެކި މަރުކަޒުތަކުން ފޯރުކޮށްދޭން ފަށާފައިވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
މާލޭގައި އެމްއާރު ވެކްސިންދޭ މަރުކަޒުތައް:
1. އާރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ2. ހުޅުމާލެ ހޮސްޕިޓަލް3. ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް4. ވިލިމާލެ ހޮސްޕިޓަލް5. އޭޑީކޭ ހޮސްޕިޓަލް6. ޓްރީޓޮޕް ހޮސްޕިޓަލް
މިއިން ކޮންމެ ތަނަކުންވެސް ކަނޑައެޅިފައިވާ ދުވަސްތަކާއި ގަޑިތަކުގެ ވެކްސިން ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަތޮޅުތަކުގައި ޚިދުމަތްދޭ ދުވަސްތަކާއި ގަޑިތައް އިއުލާން ކުރާނީ އެ އަތޮޅެއްގެ މަރުކަޒަކުން ކަމަށް އެޗްޕީއޭއިން ހާމަކުރެ އެވެ.
ގުޅުންހުރި

އިތުރު 23 މީހަކަށް ހިމަބިހި ޖެހި، ޖުމްލަ އަދަދު 144 އަށް އަރައިފި
.jpg&w=3840&q=75)
49 އަހަރުން ދަށުގެ މީހުންނަށް ހިމަހިބި ވެކްސިން ދޭން ފަށައިފި
ހިމަބިހިން ރައްކާތެރިވުމަށް 4000 މީހުން ވެކްސިން ޖަހައިފި
.jpeg&w=3840&q=75)



