
ފޮޓޯ: ސޯޝަލް މީޑިއާ
ރާއްޖެެއިން ހިމަބިހި ޖެހުނު މީހުންގެ ޖުމުލަ އަދަދި 186 އަށް އަރައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި ވަނި އިތުރު 20 މީހަކަށް ހިމަބިހިޖެހިފައެވެ. އެއާއެކު ރާއްޖޭގައި ހިމަބިހި ޖެހުނު އަދަދު 186 އަށް އަރާފައިވާއިރު، ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް އެޗްޕީއޭ އިން މިހާރުވަނީ ފަށާފައެވެ. އަދި މިހާތަނަށް 12،000 މީހަކަށް ވެކްސިން ދީފައިވާ ކަމަށް ބުނެއެވެ.
އެޗްޕީއޭ އިން ދަނީ ހިމަބިހީގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ވެކްސިންދޭ މަރުކަޒަކަށް ގޮސްގެން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެއްޖެ ނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށް ދިޔުމުން ކޮންޓެކްޓުންނަށް ވެކްސިން ޖަހައިދޭނެ ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ވަކި ވަގުތުތަކެއްގައި ވެކްސިން ޖެހުމުގެ ހިދުމަތް ދަނީ ދެމުންނެވެ.
ރާއްޖެއިން ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ހިމަބިހި ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.


.jpeg&w=3840&q=75)



