logoEN
WAMCO TOP 1
ބޭރުން ތެޔޮ އެތެރެކުރަން ޖެހޭ ވަރަށް ބޮޑުވެއްޖެ، އެކަމަކު ރައްޔިތުންގެ ޖީބަށް އޭގެ އަސަރެއް ނުފޯރުވަން - އެސްޓީއޯ

ބޭރުން ތެޔޮ އެތެރެކުރަން ޖެހޭ ވަރަށް ބޮޑުވެއްޖެ، އެކަމަކު ރައްޔިތުންގެ ޖީބަށް އޭގެ އަސަރެއް ނުފޯރުވަން - އެސްޓީއޯ

އަހުމަދު ޝުރާއު

logo

8/11/2026, 9:48:07 AM

# އެސްޓީއޯ

-

މެދު އިރުމަތީގެ ފެށުނު ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގު ބޮޑުވެ، މޭއި އަދި ޖޫން މަހު ތެލުގެ އަގު 3 ގުނަ އިތުރުވެގެންދިޔަ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

"އިޤްތިޞާދުގެ ދެފަރާތް" ނަމުގައި ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، މުދަލުގެ އަގުތައް އުފުލުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ފްރައިޓުގެ އަގު ނުވަތަ މުދާ އުފުލުމަށް ކުރާ ޚަރަދު އިތުރުވުން ކަމަށެވެ. އެގޮތުން މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފްރައިޓުގެ އަގަށާއި އިންޝުއަރެންސަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އޮމާނުން ރާއްޖެއަށް ތެޔޮ އެތެރެކުރާ ބަނދަރަކީ ހަނގުރާމައިގެ ސަރަހައްދެއްގައި ނެތް ނަމަވެސް، އެ ސަރަހައްދުން ތެޔޮ ގެންނަ ނަމަ 'ވާ ރިސްކް' އިންޝުއަރެންސް ނަގަންޖެހޭ ކަމަށެވެ.

އަދި މިފަދަ ޚަރަދުތަކާ ހެދި ތެޔޮ ގެނައުމުގެ ޚަރަދު ބޮޑުވި ކަމަށާއި، ނަމަވެސް އެސްޓީއޯގެ އަމިއްލަ 2 ބޯޓުގައި ތެޔޮ ގެނައުމަށް ފުރުސަތު ލިބިގެންދިއުމަކީ ކުންފުންޏަށް ލިބުނު ބޮޑު ލުޔެއް ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު އެތައް ގުނައަކުން އުފުލިގެންދިޔުމުގެ ސަބަބުން އަވަށްޓެރި ބައެއް ޤައުމުތައް ހިމެނޭހެން ބައެއް ޤައުމުތަކުގައި ތެޔޮ ވަކި މިންވަރަކަށް ލިމިޓްކޮށްގެން ވިއްކަންޖެހުނު ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް އެފަދަ ހާލަތަކަށް ދާންޖެހިފައި ނުވާ ކަމަށް ޝިމާދު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ޗާޓާ ކުރާނަމަވެސް މިހާރު އޭގެ އަގު ބޮޑުތަނުން އުފުލިފައިވާ ކަމަށާއި، ކުރިން 600,000 ޑޮލަރަށް ޗާޓާކުރާ ބޯޓެއް މިހާރު 950,000 ޑޮލަރަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި އުފެދޭ ޚަރަދެއް ނޫން ކަމަށާއި، އެފްއޯބީ ކޯސްޓާއި ޝިޕިން ކޯސްޓުގެ އިތުރުން އިންޝުއަރެންސް ކޯސްޓު އިތުރުވަމުންދާ މިންވަރަށް ބަލައި އެ ޚަރަދުތައް ކުންފުނިން ބެއާކުރަން ޝިމާދު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC