logoEN
WAMCO TOP 1
ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބުނު

ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބުނު

ޖަޒްލާ މުހައްމަދު

logo

7/29/2026, 11:15:02 AM

# އެސްޓީއޯ

އެސްޓީއޯ

މި އަހަރުގެ 2 ވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންސް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައިފި އެވެ.

THE TRAVELLER AD

އެސްޓީއޯއިން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި ކުއާޓަރުގައި ލިބުނުވަރާ އަޅާބަލާއިރު 71% އިތުރު އަދަދެކެވެ.

މާލީ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ 2 ވަނަ ކުއާޓަރުގައި އެ ކުންފުނީގެ އާމްދަނީ 6.98 ބިލިއަން ރުފިޔާއަށް އަރާއިރު، އެއީ ކުރީ ކުއާޓަރާ އަޅާ ބަލާއިރު 27% އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބިފައިވާ އާމްދަނީއަކީ 5.48 ބިލިއަން ރުފިޔާ އެވެ.

މި ކުއާޓަރުގައި ޓެކުހަށް ނުކަނޑާ ކުންފުނީގެ އާމްދަނީ 335 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 330 މިލިއަން ރުފިޔާއާއި އަޅާބަލާއިރު 1.4% އިތުރުވުމެކެވެ.

ނަމަވެސް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 280 މިލިއަން ރުފިޔާއެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 276 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯއިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ނިސްބަތުން މަތިނުކޮށް ހިފެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ ދަށްވެފަ އެވެ.

މީގެއިތުރުން އެސްޓީއޯއިން ބުނީ ތެލުގެ އިތުރުން އެހެނިހެން ވިޔަފާރިން ލިބުނު ފައިދާ އިތުރުވުމާއިއެކު، ޖުމްލަ ފައިދާއަށް ކުރި އަސަރު ކުޑަކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC