
މީދޫ އެފްއެސްއެމް ޝެޑަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
# އެސްޓީއޯ# ދ މީދޫ# އެފްއެސްއެމްދ. މީދޫ އެފްއެސްއެމް ޝެޑް
ދ. މީދޫ ގައި ގާއިމުކޮށްފައިވާ އެފްއެސްއެމް ޝެޑުން ލޯންޗުފަހަރަށް ތެޔޮ އަޅާ ހޮޅިއަކަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ހާމަކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ވަނީ ދ. މީދޫ އެފްއެސްއެމް ޝެޑުން ލޯންޗުފަހަރަށް ތެޔޮ އަޅާ ހޮޅިއެއް ފަޅައިގެން ގޮސްގެން ތެޔޮ ނުލިބޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.
މިކަމާގުޅިގެން 'ގާފު' އަށް މައުލޫމާތު ހިއްސާކުރަމުން އެފްއެސްއެމްގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ދިމާވެގެން އުޅޭތާ ދެތިން ދުވަސް ވެއްޖެ ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މައްސަލަ ހައްލުވާނެކަމަށް އުއްމީދުކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަން ނޯޓިސްވި ވަގުތުން ފެށިގެން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަކަމަށާއި އެކަން ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.
ދ. މީދޫގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވަނީ 17 މެއި 2026 ގައެވެ. މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން އެސްޓީއޯއާއި އެފްއެސްއެމް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން ގާއިމުކުރި ތަނެކެވެ.
ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު އިފްތިތާހްކުރީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެތެރޭގައެވެ. މި މަޝްރޫޢަކީ، މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ދަށުން މިހާރު މިވަނީ ދ. މީދޫގައި ފިއުލް ސްޕްލައި މޯލްޑިވްސް، އެފްއެސްއެމްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށް ޚިދުމަތްދޭން ފަށާފައެވެ.
ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުން ކަމަށްވާއިރު، އޭގެ ސަބަބުން ތެޔޮ ގަންނަން ލިބެނީ އާއްމު ރޭޓަށްވުރެ އަގު ބޮޑުކޮށެވެ. މިކަން ޙައްލު ކޮށްދެއްވުމަށް ސަރުކާރުން ނިންމެވީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމަށެވެ.މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރަށްރަށުންވެސް ހެޔޮ އަގުގައި ތެޔޮ ނުލިބުމަކީ ރައްޔިތުންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ގުޅުންހުރި

މީދޫ އެފްއެސްއެމް ޝެޑަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

އެފްއެސްއެމުން ވިލިމާލޭގައި ތަރައްގީކުރާ ފިއުލް ޝެޑުން ފެން ވިއްކުމުގެ ހުއްދަ ދިނުމަށް ނިންމައިފި

ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބުނު




