
ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގއިން މާކެޓަށް އެތެރެކޮށް ވިއްކަމުންދާ ޗޮއިސް މޫ ފުލް ކްރީމް މިލްކް ޕައުޑަރ އަކީ ނިއުޒީލޭންޑުގެ އިތުބާރު ހިފޭ ޑެއިރީ އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯ އިން ބުނީ މި މިލްކް ޕައުޑަރު ތައްޔާރުކުރެވިފައިވަނީ ރައްކާތެރި އުސޫލުތަކަކުން، ތާޒާކަން ހިފަހައްޓައި، އިތުރު މާއްދާ ނުހިމެނޭ ގޮތަށް ކަމަށެވެ. އަދި މި ކިރުގައި ވިޓަމިން އޭ، ވިޓަމިން ޑީ3 އަދި ކެލްސިއަމް ފަދަ ހަށިގަނޑަށް ބޭނުންވާ މުހިއްމު ޕޯޝަންތައް ހިމެނޭ ކަމަށާއި އެހެންކަމުން ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ބޭނުންކުރުމަށް އެކަށޭނަ އުފެއްދުމެއް ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން، މި މިލްކް ޕައުޑަރު ހޮޓް ޑްރިންކްސް، ސައި، ކޮފީ އަދި ތަފާތު ފޮނިކާއެއްޗެހި ތައްޔާރުކުރުމަށް ވެސް ބޭނުންކުރެވޭނެ ކަމަށާއި ޗޮއިސް ބްރޭންޑުގެ އެހެން އުފެއްދުންތަކާއި އެއްގޮތަށް، މި އުފެއްދުމަކީ ވެސް ކޮލިޓީ ފެންވަރު ހިފަހައްޓައި ބަންދުކުރެވޭ ޕެކޭޖިންގއެއްގައި ލިބޭ އިތުބާރު ހިފޭ އުފެއްދުމެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ޗޮއިސް މޫ ފުލް ކްރީމް މިލްކް ޕައުޑަރ ހޯލްސޭލްކޮށް އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުން އަދި ރީޓެއިލްކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އައުޓްލެޓްތަކުން ލިބެން ހުންނާނެއެވެ.
ގުޅުންހުރި

ޗޮއިސް މޫ ފުލް ކްރީމް މިލްކް ޕައުޑަރު، އެސްޓީއޯ އިން ރާއްޖޭގެ މާކެޓަށް

އެސްޓީއޯއިން ހިންގާ ފާމަސީތައް "ސްޓޭޓްފާމާ" އަށް ރަސްމީކޮށް ބަދަލުކޮށް، ހިދުމަތްދޭން ފަށައިފި

އެސްޓީއޯއިން ފިލިޕްސް ބްރޭންޑްގެ އޭސީ ރާއްޖެއަށް ތައާރަފްކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި




