
-
ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދާއި، އެ ޤައުމުގެ ދެކުނުގެ ދަރްޢާ ފްރޮވިންސްގެ ސިޔާސީ ސަލާމަތާބެހޭ ކުރީގެ ވެރިޔާ ޢާޠިފް ނަޖީބަށް މަރުގެ ޙުކުމް އިއްވައިފިއެވެ.

ދިމިޝްޤުގައި ހުންނަ ކްރިމިނަލް ކޯޓަކުން އަންގާރަ ދުވަހު ކުރި ޙުކުމުގައިވަނީ، ބައްޝާރު އަލް-އަސަދުގެ މައްޗަށް ޤަޞްދުގައި މީހުން މެރުމުގެ ކުށް ސާބިތުވެފައިވާ ކަމަށެވެ.
އަދި ޢާޠިފް ނަޖީބުގެ މައްޗަށް ސާބިތުވެފައިވަނީ ޤަޞްދުގައި މީހުން މެރުމާއި އަނިޔާކުރުމުގެ ކުށެވެ.
މި ކުށްތަކާ ގުޅިގެން މި ދެ ބޭފުޅުންނަށްވެސް ކޯޓުން ވަނީ މަރުގެ އަދަބު ކަނޑައަޅާފައެވެ.
މިއަދު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ މައްޗަށް ހުކުމް އިއްވީ އޭނާގެ ޣައިރު ހާޒިރުގައި އެވެ. ނަމަވެސް މިވަގުތު ސީރިއާގެ ސަލާމަތީ ބާރުތަކުގެ ހައްޔަރުގައި ހުރި ޢާޠިފް ނަޖީބް ވަނީ ޝަރީއަތަށް ހާޒިރުކޮށްފައެވެ.
ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދު މިހާރު ދިރިއުޅުއްވަމުންދަނީ ރަޝިޔާގެ ވެރިރަށް މޮސްކޯގައި އަރުވާލެވިގެންނެވެ. އެމަނިކުފާނު ސީރިއާއިން ފިއްލަވައިގެން ވަޑައިގެންފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
އިތުރު ތަފްސީލް އަންނަނީ ..






