logoEN
WAMCO TOP 1
ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާޙާ މެދު ކަންބޮޑުވުން ފާޅުކުރުމަށް މާލޭގެ މޭޔަރާއި ކައުންސިލަރުން މަޖިލީހަށް!

ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާޙާ މެދު ކަންބޮޑުވުން ފާޅުކުރުމަށް މާލޭގެ މޭޔަރާއި ކައުންސިލަރުން މަޖިލީހަށް!

އަހުމަދު ޝުރާއު

logo

8/11/2026, 8:39:39 AM

# މާލެ ސިޓީ ކައުންސިލް

-

ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެންނަން އުޅޭ އިސްލާޙާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އާއި ބައެއް ކައުންސިލަރުން މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އަޑުއެހުމަށް ވަޑައިގެންފިއެވެ.

THE TRAVELLER AD

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޝްވަރާއާ ނުލައި ރަށްރަށުގެ އިދާރީ ދާއިރާތަކުން ބިން ވަކިކުރުމުގެ ބާރު ސަރުކާރަށް ދިނުމަކީ ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރުން އަމިއްލަ އިޚްތިޔާރުގައި ހިންގަން އުޅޭ ބޭއިންސާފު އަމަލެއްގެ ގޮތުގައިވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެއިތުރުން، ލާމަރުކަޒީ ނިޒާމަށް ގެންނަ މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް އެ ރަށްރަށުގެ ބިންތަކުން ލިބެންވާ އެންމެ ރަނގަޅު މާލީ މަންފާ ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށް ވިދާޅުވެ މޭޔަރ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން، "މާލެ ސިޓީގެ ބިންތަކަށް ހަދާލި ގޮތް ރަށްރަށުގެ ބިންތަކަށްވެސް ހަދާލާފާނެ ކަމުގެ ބިރު އެބައޮތް،" ކަމަށް ވިދާޅުވެ، މިކަމާ ދެކޮޅަށް އަޑުއުފުލުމަށާއި، ރަށްރަށުގެ ކައުންސިލްތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް މޭޔަރ ޢާޒިމް ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC