logoEN
WAMCO TOP 1
ލާމަރުކަޒީ ޤާނޫނަށް ގެންނަން އުޅޭ އިސްލާޙާ މެދު ކަންބޮޑުވުން ފާޅުކޮށް، ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރުމަށް މޭޔަރ ޢާޒިމް ގޮވާލައްވައިފި

ލާމަރުކަޒީ ޤާނޫނަށް ގެންނަން އުޅޭ އިސްލާޙާ މެދު ކަންބޮޑުވުން ފާޅުކޮށް، ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރުމަށް މޭޔަރ ޢާޒިމް ގޮވާލައްވައިފި

# މާލެ ސިޓީ ކައުންސިލް# އާދަމް އާޒިމް# މާލެ ސިޓީ

މޭޔަރ އާދަމް އާޒިމް

ރަށްރަށުގެ އިދާރީ ދާއިރާތަކުން ބިން ވަކިކުރުމުގެ ބާރު، ރައްޔިތުންގެ މަޝްވަރާއާ ނުލައި ސަރުކާރަށް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެންނަން އުޅޭ އިސްލާޙާ މެދު ކަންބޮޑުވުން ފާޅުކޮށް، އެކަމާ ދެކޮޅަށް ހުރިހާ ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.

THE TRAVELLER AD

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ޢާޒިމް ވިދާޅުވީ ރައްޔިތުންގެ މަޝްވަރާއާ ނުލައި ރަށްރަށުގެ އިދާރީ ދާއިރާތަކުން ބިން ވަކިކުރުމުގެ ބާރު ސަރުކާރަށް ދިނުމަކީ ދިވެހި ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރުން އަމިއްލަ އިޚްތިޔާރުގައި ހިންގަން އުޅޭ ބޭއިންސާފު އަމަލެއްގެ ގޮތުގައި މޭޔަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ މިހާރު އޮތް ލާމަރުކަޒީ ނިޒާމަށް ގެންނަ މި ބަދަލުތަކުގެ ސަބަބުން، ރައްޔިތުންނަށް އެ ރަށްރަށުގެ ބިންތަކުން ލިބެންވާ އެންމެ ރަނގަޅު މާލީ މަންފާ ހޯދުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ. އެގޮތުން، މާލެ ސިޓީގެ ބިންތަކަށް ހަދާލި ގޮތް ރަށްރަށުގެ ބިންތަކަށްވެސް ހަދާލާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެ މޭޔަރ ޢާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ލާމަރުކަޒީ ނިޒާމު ހަލާކުކޮށް، ރައްޔިތުންގެ ބާރުތައް ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ހުރިހާ ކައުންސިލްތަކުން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައި، މި އިސްލާޙު ވަގުތުން އަނބުރާ ގެންދިއުމަށް ވެސް މޭޔަރ ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC