
މާލޭގެ ލޯކަލް މާރުކޭޓް ތަރައްޤީ ކުރުމަށް ވަގުތީ މާރުކޭޓެއް ހަދާނެ ބަޔަކު ހޯދަނީ
# މާލެ ސިޓީ ކައުންސިލް-
މާލޭގެ ލޯކަލް މާރުކޭޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ މާރުކޭޓުން ހުސްކުރަންޖެހޭ ގޮޅިތައް ބަދަލުކުރުމަށްޓަކައި ވަގުތީ މާރުކޭޓެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އިޢުލާން ކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށްފައިވާ ބީލަމުގައިވާގޮތުން، މި މަސައްކަތަކީ ލޯކަލް މާރުކޭޓް އާބާތުރަ ފިލުވައި ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްގެ ބައެކެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި މަޝްރޫޢާ ގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާގައެވެ. މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވުމަށް ކައުންސިލުން އެދެއެވެ.
ބީލަން ހުށަހެޅުމާއި އަގު ހުށަހެޅުން އޮންނާނީ މި މަހުގެ 23 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި މާލެ ސިޓީ ކައުންސިލްގައެވެ. މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނީ ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށެވެ.
ލޯކަލް މާރުކޭޓަކީ މާލޭގެ ގިނަ ރައްޔިތުންނާއި ވިޔަފާރިވެރިން ދުވަޞީ ޚިދުމަތް ހޯދުމަށް ބޭނުންކުރާ ތަނަކަށްވުމާއެކު، އެތަން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ވިޔަފާރިވެރިންނަށް ދަތިނުވާނެހެން ވަގުތީ އިންތިޒާމުތައް ހަމەޖެއްސުމަކީ ކައުންސިލްގެ މައިގަނޑު އަމާޒެވެ.
ގުޅުންހުރި

މާލޭގެ ލޯކަލް މާރުކޭޓް ތަރައްޤީ ކުރުމަށް ވަގުތީ މާރުކޭޓެއް ހަދާނެ ބަޔަކު ހޯދަނީ

30 މަސްދުވަހުން ނިންމައި ހަވާލުކުރާ ގޮތަށް ވެޓް މާކެޓް ސަރުކާރާއި ހަވާލުކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި

ވޯޓަރ ސްލައިޑަކާއި އިންފްލެޓަބަލް ވޯޓަރ ޕާކަކާއެކު ރަސްފަންނު ތަރައްޤީކުރަން ސިޓީ ކައުންސިލުން ތައްޔާރުވަނީ
.webp&w=3840&q=75)



