
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓު ގުޅޭނީ ލޭންޑް ޔޫސް ޕްލޭން ނިމުމުން ކަމަށް ސްޓެލްކޯއިން ހާމަކޮށްފި
# ސްޓެލްކޯސްޓެލްކޯ ---
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓުގެ ޚިދުމަތް ދެވޭނީ އެޗްޑީސީން އެކުލަވާލަމުންދާ ލޭންޑް ޔޫސް ޕްލޭން ނިމުމުން ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

މީގެ ކުރިން ހުޅުމާލޭގެ ކަރަންޓު ވިއުގަ ބެލެހެއްޓުމުގެ ޒިންމާ އޮތީ އެޗްޑީސީގެ އަތްމަތީގައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ބެލެހެއްޓުން މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ސްޓެލްކޯއާ ހަވާލުކޮށްފައިވާއިރު، މީގެ ކުރިން އެ މަސައްކަތް ކުރަމުން ދިޔައީ އެޗްޑީސީންނެވެ. ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދެނީ ސްޓެލްކޯއިން ކަމަށްވީ ނަމަވެސް، ދެވަނަ ފިޔަވަހީގެ އެކި މަޝްރޫއުތަކުގެ ދަށުން ހައުސިން ޔުނިޓްތަކަށް ކަރަންޓު ވިއުގަ އެޅުމާއި އެ ނެޓްވޯކް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން އައީ އެޗްޑީސީން ހަވާލުކުރާ އަމިއްލަ ކުންފުނިތަކުންނެވެ.
ދެވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ކަރަންޓު ލިބުމުގައި ދިމާވި ލަސްތަކަކީ އާންމުންގެ ބޮޑު ޝަކުވާއަކަށް ވެފައިވާއިރު، ސްޓެލްކޯއިން މިހާރު ވަނީ އެކަމަށް ހައްލެއް ހޯދައިދީފައެވެ. އެގޮތުން، އެ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކުން ކަރަންޓަށް އެދުމުން ކަނެކްޝަން ގުޅައިދޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
އަލަށް ހިއްކި ތިންވަނަ ފިޔަވަހީގެ ސަރަހައްދަށް ކަރަންޓު ދިނުން ލަސްވަނީ އެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ފައިނަލް ކުރުމުގެ މަރުހަލާ ކުރިއަށްދާތީ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ ޕްލޭން ނިމުމާއެކު އެ ސަރަހައްދުގެ ކަރަންޓު ނެޓްވޯކްގެ އަމަލީ މަސައްކަތް ފެށޭނެއެވެ. މީގެ ކުރިން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން ކުރި މަސައްކަތްތަކުގައި ދިމާވި މައްސަލަތައް ހައްލުކުރަން އުނދަގޫވި ނަމަވެސް، އާ އިންތިޒާމުގެ ދަށުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ލިބޭނެއެވެ.
ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާތީ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި 70 މެގަވޮޓްގެ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށް ތައްޔާރުވަމުންދާއިރު، ދެވަނަ ފިޔަވަހީގައި އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް ހެދުމަށް ބޭނުންވާ ބިންވެސް މިހާރު ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ.
ގުޅުންހުރި

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓު ގުޅޭނީ ލޭންޑް ޔޫސް ޕްލޭން ނިމުމުން ކަމަށް ސްޓެލްކޯއިން ހާމަކޮށްފި

ނަޒާހަތްތެރިކަން އިތުރުކުރުމަށް އޭސީސީ އާއި ސްޓެލްކޯއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ހެނދުނު ކުޑައިރުކޮޅަކަށް ކަރަންޓު ކެނޑިދާނެ- ސްޓެލްކޯ





