
--
ބޮލީވުޑްގެ ބަތަލާ ސަޔާނީ ގުޕްތާ، ހޮލީވުޑަށް ތައާރަފްވާ ފުރަތަމަ ފިލްމު "އާރްޔާ" ގެ މަސައްކަތް ފަށައިފިއެވެ.

ފަހުގެ ރިޕޯޓުތައް ބުނާގޮތުން، މި ފިލްމުގެ މުހިންމު މަންޒަރުތައް ނެގުމުގެ މަސައްކަތް އެމެރިކާގައި މިހާރު ދަނީ ކުރިއަށެވެ.
ނީލް ޓޫލީ ޑައިރެކްޓްކުރާ މި ފިލްމުގައި ސަޔާނީ ކުޅުމަށް ހަމަޖެހިފައިވަނީ ފިލްމުގެ މައިގަނޑު ކެރެކްޓަރ ކަމަށްވާ "އާރްޔާ ސިންހާ" ގެ ރޯލެވެ. މި ރޯލަކީ ވަރަށް އުސޫލުތައް ހިފަހައްޓާ، އަދި ނަން މަޝްހޫރު އާއިލާއަކަށް ނިސްބަތަވާ ޕިޔާނޯ ކިޔަވައިދޭ ޓީޗަރެއްގެ ރޯލުކަމަށް މައުލޫމާތު ލިބެއެވެ.
ސަޔާނީ ގުޕްތާ އަކީ އިންޑިއާގެ ފިލްމީ ދާއިރާގައި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ހުނަރުވެރި ތަރިއެކެވެ.
އޭނާ ވަނީ "ދިއްލީ ކްރައިމް" އަދި "އެކްސޯން" ފަދަ ކާމިޔާބު އުފެއްދުންތަކުގައި މޮޅު އެކްޓިންގއެއް ދައްކާފައެވެ.
ސަޔާނީގެ މި އައު ފިލްމާއެކު، އޭނާގެ ކެރިއަރަށް އިތުރު ކުރިއެރުންތަކެއް ލިބި، ބައިނަލްއަގުވާމީ މައިދާނުގައި އޭނާގެ މަގުބޫލުކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
ގުޅުންހުރި

ދަރިފުޅު ސަރާޔާ ބޮޑުކުރުމަކީ ހަޔާތުގެ އެންމެ އުފާވެރި ތަޖުރިބާ ކަމަށް ސިދާތު ބުނެފި

އަކްޝޭއަށްފަހު އިމްރާން ހާޝިމީ ވެސް އާރު.ޑީ ބަރމަންގެ ބަޔޮޕިކް އަށް!
.webp&w=3840&q=75)
ވިޖޭގެ 'ސްލަމް ޑޯގް 33 ޓެމްޕަލް ރޯޑް' އިން ތަބޫ ފެނިގެންދާ ވަރުގަދަ ލުކް ދައްކާލައިފި




