logoEN
WAMCO TOP 1
ދަރިފުޅު ސަރާޔާ ބޮޑުކުރުމަކީ ހަޔާތުގެ އެންމެ އުފާވެރި ތަޖުރިބާ ކަމަށް ސިދާތު ބުނެފި

ދަރިފުޅު ސަރާޔާ ބޮޑުކުރުމަކީ ހަޔާތުގެ އެންމެ އުފާވެރި ތަޖުރިބާ ކަމަށް ސިދާތު ބުނެފި

ސާރާ އަހުމަދު

logo

8/11/2026, 12:50:31 PM

# ބޮލީވުޑް

--

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސިދާތު މަލްހޯތުރާ، ބައްޕައަކަށް ވުމުގެ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަދައްކަމުން، އޭނާގެ ދަރިފުޅު ސަރާޔާ ބޮޑުކުރުމަކީ ހަޔާތުގެ "އެންމެ އުފާވެރި އަދި ފުރިހަމަ ތަޖުރިބާ" ކަމަށް ސިފަކޮށްފިއެވެ.

THE TRAVELLER AD

ބައްޕައަކަށް ވުމުން ދިރިއުޅުމަށް އައު މާނައަކާއި އަގެއް ލިބި، ގިނަ ކަންތައްތަކެއް ދަސްވެއްޖެ ކަމަށާއި، ކަންކަމަށް އިސްކަންދޭ ގޮތްވެސް ބަދަލުވެއްޖެކަމަށް އޭނާ ބުންޏެވެ.

ސިދާތު މިކަންކަން ހިއްސާކޮށްފައިވަނީ އޭނާއަށް 'ބްރޭންޑް އެންޑޯސަރ އޮފް ދަ އިޔަރ' ގެ އެވޯޑު ލިބުނު 'އައިއޭއޭ ލީޑަރޝިޕް އެވޯޑްސް 2026' ގައެވެ.

ސިދާތު އަދި އޭނާގެ އަންހެނުން، ބަތަލާ ކިއާރާ އަދުވާނީއަށް ދަރިފުޅު ސަރާޔާ ލިބިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އަދި ދާދި ފަހުން ސަރާޔާއަށް ވަނީ އެއް އަހަރު ފުރިފައެވެ.

ދަރިފުޅު ބޮޑުވަމުން އަންނަ މަންޒަރު ބެލުމަކީ ދިރިއުޅުމަށް އައި ވަރަށް ބޮޑު ބަދަލެއްކަން ފާހަގަކުރަމުން އޭނާ ބުންޏެވެ. "އޭގެ ސަބަބުން ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނުވައިފި. އަދި މި ދުނިޔޭގައި އަހަރެން ކުރާ ކަންކަމަށް އިތުރު އަގެއް ގެނެސްދީފި. އެކަން ސިފަކޮށްދޭން ވަރަށް އުނދަގޫ."

ސިދާތު އިތުރަށް ބުނީ ދަރިފުޅު ބޮޑުވަމުން އައިސް އަމިއްލަ މިޒާޖެއް އުފެދެމުން އަންނަ ވަރަކަށް، އެކަކު އަނެކަކު އިތުރަށް ދަސްކުރަމުން އަންނަ ކަމަށެވެ. "އަހަރެމެން ކޮންމެ މަހަކުވެސް އެކަކު އަނެކަކު އަންނަނީ ދަސްކުރަމުން. އަހަރެން އުންމީދުކުރަން މި ފުރިހަމަ ގުޅުން އިތުރަށް ބަދަހިވެ، އަހަރެންގެ ކުޑަކުޑަ ދަރިފުޅުގެ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވާނެކަމަށް،" އޭނާ ބުންޏެވެ.

ކުދިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން އޭނާ ގެންގުޅޭ ވިސްނުން ހިއްސާކުރަމުން ސިދާތު ވަނީ އެކަން ގަހެއް ހެއްދުމާ އެއްފަދަ ކޮށްފައެވެ. "އަހަރެން މަސައްކަތް މިކުރަނީ މޮޅު ބަގީޗާވެރިއަކަށް ވާން. އެއީ އޭނާ ބޮޑުވެގެން ރަނގަޅު ފުރިހަމަ އިންސާނަކަށް ވުމަށްޓަކައި،" ސިދާތު ބުންޏެވެ.

ބައްޕައެއްގެ ޒިންމާތަކާއެކު ސިދާތު އަންނަނީ އޭނާގެ ފިލްމީ މަސައްކަތްތައް ވެސް ކުރިއަށް ގެންދަމުންނެވެ. ސިދާތު ދެން އެންމެ އަވަހަށް ފެނިގެންދާނީ ތަމަންނާ ބާޓިއާ އާއެކު ކުޅޭ ފިލްމު 'ދަ ވާން' އިންނެވެ. އޮގަސްޓު 28 ގައި ނެރެން ކުރިން ހަމަޖެހިފައި އޮތް މި ފިލްމު މިހާރު ވަނީ ސެޕްޓެމްބަރަށް ފަސްކޮށްފައެވެ. 'ދަ ވާން' މިހާރު ސިނަމާތަކަށް އަންނާނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ގައެވެ.

ކޮމެންޓް
ފަހުގެ
HDC