logoEN
WAMCO TOP 1
ވިޖޭގެ 'ސްލަމް ޑޯގް 33 ޓެމްޕަލް ރޯޑް' އިން ތަބޫ ފެނިގެންދާ ވަރުގަދަ ލުކް ދައްކާލައިފި

ވިޖޭގެ 'ސްލަމް ޑޯގް 33 ޓެމްޕަލް ރޯޑް' އިން ތަބޫ ފެނިގެންދާ ވަރުގަދަ ލުކް ދައްކާލައިފި

ސާރާ އަހުމަދު

logo

8/11/2026, 12:30:12 PM

# ބޮލީވުޑް

--

މަޝްހޫރު އެކްޓަރ ވިޖޭ ސެތުޕަތީ ލީޑު ރޯލުން ފެނިގެންދާ ކުރިއަށް އޮތް ފިލްމު "ސްލަމް ޑޯގް 33 ޓެމްޕަލް ރޯޑް" ގައި ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ތަބޫ އަދާކުރާ ރޯލުގެ ފުރަތަމަ މަންޒަރުތައް އާންމުކޮށްފިއެވެ.

THE TRAVELLER AD

ފަހުގެ މީޑިއާ ރިޕޯޓުތަކުން އެނގޭ ގޮތުގައި މި ފިލްމުގައި ތަބޫ ފެނިގެންދާނީ ވަރަށް ތަފާތު އަދި އެހާމެ ވަރުގަދަ ރޯލަކުންނެވެ.

އާންމުކުރެވުނު އައު "ގްލިމްޕްސް" ނުވަތަ ކުރު ވީޑިއޯ ކޮޅުން ދައްކުވައިދޭ ގޮތުގައި، ތަބޫ މި ފިލްމުގައި ކުޅެނީ "ގޯރީ ހެގްޑޭ" ކިޔާ ރަހުމްކުޑަ އަންހެނެއްގެ ކެރެކްޓަރއެވެ.

މިއީ އާންމުކޮށް ތައްބޫ ފެންނަ އާދައިގެ ރޯލުތަކާ ޚިލާފަށް، ބެލުންތެރިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އަތުލައިގަންނާނެ ފަދަ ނުރައްކާތެރި އަދި ބާރުގަދަ ރޯލެއްކަން ޓީޒަރއިން ހާމަވެއެވެ.

ވިޖޭ ސެތުޕަތީ އާއި ތަބޫ ފަދަ ހުނަރުވެރި ދެ ތަރިން އެކުގައި ފެނިގެންދާ މި ފިލްމަކީ ސައުތު ސިނަމާގެ އިތުރުން މުޅި އިންޑިއާގައިވެސް ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

ތަބޫގެ މި އައު ލުކް އާއެކު ފިލްމަށް އޮތް އުންމީދު މިހާރު ވަނީ އިތުރަށް ބޮޑުވެފައެވެ. އަދި ފިލްމުގެ ވާހަކަ އެނބުރެނީ ކޮން ކަންތައްތަކެއްގެ މައްޗަށްކަން ބެލުމަށް ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ.

Watch on YouTube

ކޮމެންޓް
ފަހުގެ
HDC