
--
މަލަޔާޅަމް ސިނަމާގެ މަޝްހޫރު ޑައިރެކްޓަރ ޖޫޑް އެންތަނީ ޖޯސެފް، ބޮލީވުޑަށް ތައާރަފްވުމަށް ހަމަޖެހިފައި އޮތް ފިލްމު ހުއްޓާލި ސަބަބާ ގުޅޭގޮތުން އުފެދުނު މައްސަލަތަކަށްފަހު، އެ ފިލްމުގެ ލީޑު ރޯލު ކުޅެން ހަމަޖެހިފައި އޮތް އާޔުޝްމާން ކުރާނާ ފުރަތަމަ ފަހަރަށް އެކަމާ ގުޅޭގޮތުން ވާހަކަދައްކައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި ފިލްމުގައި އާޔުޝްމާންގެ އިތުރުން މަލަޔާޅަމް ސުޕަރސްޓާރ މޯހަންލާލްގެ ވަރަށް މުހިންމު ރޯލެއް ހިމެނެއެވެ.
ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރުން މޯހަންލާލްގެ ކާސްޓިންގ އަކީ "ސެކަންޑަރީ ކާސްޓިންގ" އެއް ކަމަށް ސިފަކުރުމުން، ޖޫޑް ވަނީ އެއީ މޯހަންލާލް ފަދަ ލެޖެންޑަކަށް ކުރެވުނު ބޭއިހުތިރާމެއް ކަމަށް ބަލައި، ފިލްމު ދޫކޮށްލާފައެވެ.
މި މައްސަލައިގައި އާޔުޝްމާންގެ އެއްވެސް ކުށެއް ނެތްކަން ހާމަކޮށް، ޖޫޑް ވަނީ ދާދި ފަހުން އާޔުޝްމާން އާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ޖޫޑް ބުނެފައިވަނީ މޯހަންލާލް ފިލްމުގައި ހިމެނޭކަން އެނގުމުން އާޔުޝްމާން ހުރީ ވަރަށް އުފަލުން ކަމަށާއި، ފިލްމު ކުރިއަށް ނުދިޔައީ އޭނާގެ ސަބަބުން ނޫން ކަމަށެވެ.
މި ޕޯސްޓަށް ކޮމެންޓް ކުރަމުން އާޔުޝްމާން ވަނީ މޯހަންލާލް އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. "މޯހަންލާލް ސަރ ގެ މަސައްކަތަށް އަހަރެން ވަރަށް އިހުތިރާމްކުރަން. އޭނާއަކީ ލެޖެންޑެއް. އަހަރެން އުންމީދުކުރަން އޭނާއާއެކު ސްކްރީން ހިއްސާކުރުމުގެ ފުރުސަތެއް ކޮންމެވެސް ދުވަހަކުން ލިބޭނެކަމަށް،" އާޔުޝްމާން ލިޔެފައިވެއެވެ.
މީގެ އިތުރުން ޖޫޑްގެ މަސައްކަތްތަކަށް ވެސް އާޔުޝްމާން ވަނީ ތައުރީފުކޮށް، ކުރިއަށް އޮތް ތަނުގައި އެކީގައި މަސައްކަތްކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.
ގުޅުންހުރި

'ކަބީ އަލްވިދާ ނާ ކެހެނާ' އަށް 20 އަހަރު: ކަރަން އަށް ދިން "ސަގާފަތާ ދެކޮޅު" ލޭބަލްގެ ހަނދާންތައް!

ސްޕައިޑަރ-މޭންގެ ކާމިޔާބީގެ ސަބަބުން ބޮލީވުޑްގެ ދެ ފިލްމަކަށް ބޮޑެތި ގޮންޖެހުންތަކެއް

ޓީ.ވީ.އެފް އިން މަރާޓީ ސިނަމާއަށް: ފުރަތަމަ ފިލްމު 'ބަޔަންގީ' އިއުލާންކޮށްފި




