logoEN
WAMCO TOP 1
އަކްޝޭއަށްފަހު އިމްރާން ހާޝިމީ ވެސް އާރު.ޑީ ބަރމަންގެ ބަޔޮޕިކް އަށް!

އަކްޝޭއަށްފަހު އިމްރާން ހާޝިމީ ވެސް އާރު.ޑީ ބަރމަންގެ ބަޔޮޕިކް އަށް!

ސާރާ އަހުމަދު

logo

8/11/2026, 12:40:00 PM

# ބޮލީވުޑް

--

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އިމްރާން ހާޝިމީ، އިންޑިއާގެ ލެޖެންޑަރީ މިއުޒިކް ޑައިރެކްޓަރ އާރު.ޑީ ބަރމަންގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޮޕިކް ފިލްމުގައި ވަރަށް ޚާއްޞަ ރޯލެއް ކުޅުމަށް ހަމަޖެހިއްޖެއެވެ.

THE TRAVELLER AD

ފަހުގެ ރިޕޯޓުތައް ބުނާގޮތުން، މި ފިލްމުގައި އިމްރާން ފެނިގެންދާނީ ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު އެކްޓަރ އަދި ކޮމީޑިއަން "މަހްމޫދު" ގެ ރޯލުންނެވެ.

އާރު.ޑީ ބަރމަންގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.

މަހްމޫދަކީ ހިންދީ ސިނަމާގައި ވަރަށް ފާހަގަކޮށްލެވޭ ފަންނާނަކަށް ވާއިރު، އާރު.ޑީ ބަރމަންއަށް ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ފުރުސަތު ހޯދައިދިނުމުގައި ވެސް މަހްމޫދު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެހެންކަމުން ބަރމަންގެ ބަޔޮޕިކްގައި މަހްމޫދުގެ ކެރެކްޓަރަކީ ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ރޯލެކެވެ.

މިއީ އިމްރާން ހާޝިމީގެ ކެރިއަރުގައި ވެސް ލިބިގެންދާނެ ވަރަށް ތަފާތު އަދި ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

ދާދި ފަހުން ވަނީ މި ފިލްމުގައި ރާޖޭޝް ކަންނާގެ ރޯލު ކުޅުމަށް އަކްޝޭ ކުމާރު ހަމަޖެހިފައިވާ ކަމުގެ އަޑުތަކެއްވެސް ފެތުރިފައެވެ. އަކްޝޭގެ އިތުރުން އިމްރާން ހާޝިމީ މި ފިލްމާ ގުޅުމާއެކު، ފިލްމުގެ ކާސްޓު އިތުރަށް ވަރުގަދަވެ، ފިލްމަށް އޮތް ޝައުގުވެރިކަން މިވަނީ އިތުރުވެފައެވެ.

ނަމަވެސް ފިލްމުގެ ޓީމުން މިކަމާ ގުޅޭގޮތުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

ކޮމެންޓް
ފަހުގެ
HDC