
ކައުންސިލްތަކާ މަޝްވަރާނުކޮށް ބިން ސަރުކާރަށް ނުނެގޭ ގޮތް ހަދަން ހުށަހަޅުއްވައިފި
# ރައްޔިތުންގެ މަޖިލިސްރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ---
ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނަގާ ނަަމަ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލާއި އެ ތަނެއްގެ ރައްޔިތުންނާވެސް މަޝްވަރާކުރަން ޖެހޭ ގޮތަށް ހަަދަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވައިފިއެވެ.

މެންބަރު މިގޮތަށް ހުށަހެޅުއްވީ މިއަދު އޮތް ޖަލްސާގައި ހުށަހެޅުއްވި ބިލަކަށެވެ.
ސަރުކާރުން ބޭނުންވެއްޖެ ނަމަ މަޝްރޫއުތައް ހިންގަން، ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް އެ ކައުންސިލްތަކުން ވަކިކޮށް، ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ވަނީ ބިލެއް ހުށަހަޅުއްވައިފައެވެ.
އެ ބިލަށް މެންބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި އިސްލާހުގައި އޮތީ ރަށު ކައުންސިލެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ބިމެއް، ފަޅުރަށެއް ނުވަތަ ފަޅެއް، އެ ކައުންސިލަށް މަޝްވަރާނުކޮށް ސަރުކާރަށް ނުނެގޭނެ ކަމަށެވެ.
ބިލުގައި މެމްބަރު ހަންނާނު ހުށަހަޅުއްވާފައި އޮތީ ކައުންސިލެއްގެ އިހުތިސާސްގައި ހިމެނޭ ބިމެއް، ރަށެއް ނުވަތަ ފަޅެއް ކެބިނެޓް ބައްދަލުވުމެއްގައި ނިންމާ ނިންމުމަކުން ވަކި ކުރެވިދާނެ ކަމަށެވެ.
މެންބަރު މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި އޮތީ ކައުންސިލްތަކާ މަޝްވަރާނުކޮށް އެގޮތަށް ނުނިންމޭނެ ކަމަށެވެ.
ބިމެއް ވަކިކުރާ ނަމަ ކައުންސިލްތަކާ މަޝްވަރާކުރުމުގެ އިތުރުން އެކަމުގައި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބަލަން ޕަބްލިކް ފޯރަމެއް ބާއްވަން ލާޒިމުކުރަން ވެސް އޭނާ ހުށަހެޅުއްވިއެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ތަންތަން ސަރުކާރަށް ނަގާ ނަމަ އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބޭނެހެން އެކަމާ ބެހޭ މައުލޫމާތު އާއްމުކުރަން ސަރުކާރަަށް ލާޒިމުކުރަން ވެސް އެ އިސްލާހުގައި ވެއެވެ.
ގުޅުންހުރި

ކައުންސިލްތަކާ މަޝްވަރާނުކޮށް ބިން ސަރުކާރަށް ނުނެގޭ ގޮތް ހަދަން ހުށަހަޅުއްވައިފި

އަހަރީ ފީގެ ފައިސާ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން އުނިކުރަން ވަޒީރު އެދިވަޑައިގެންފި
.jpg&w=3840&q=75)
މުވައްޒަފުންނާ ގުޅޭ ކަންކަން ހައްލުކުރަން މަޖިލީހުން ފެނަކައަށް އަންގައިފި





