logoEN
WAMCO TOP 1
ކުރު މުއްދަތެއްގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަނީ މި ދައުރުގައި- މިނިސްޓަރު

ކުރު މުއްދަތެއްގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަނީ މި ދައުރުގައި- މިނިސްޓަރު

# ރައީސް މުއިއްޒު# އިސްލާމިކް މިނިސްޓްރީ# ރައްޔިތުންގެ މަޖިލިސް# ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޝަހީމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ތާރީހުގައިވެސް ކުރު މުއްދަތެއްގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ހިންގަމުންދަނީ މި ދައުރުގެ ތެރޭގައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭގޮތުން މިނިސްޓަރާ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ އާ މަޝްރޫއުތަކާއި ކުރީ ސަރުކާރުން ފަށައި، މަޑުޖެހިފައި ހުރި މަޝްރޫއުތަކުގެ މަސައްކަތްތައްވެސް ކުރިއަށްގެންދާ ކަމަށެވެ.

ރާއްޖޭގެ ތާރީހުގައިވެސް ކުރު މުއްދަތެއްގައި އެންމެ ގިނަ އިސްލާމީ މަޝްރޫއުތައް ކުރިއަށްގެންދާ ދައުރުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރުވެސް އިސްލާމީ ކަންކަމާ ގުޅުންހުރި 81 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތްކުރިއަށްދާ ކަމަށެވެ.

އޭގެތެރެއިންވެސް އިސްލާމީ މަރުކަޒުތަކާއި، މިސްކިތްތައް އަދި ވަޤުފް އިމާރާތްތައް ބިނާކުރުމުގެ މަޝްރޫއުތަކަކީ ރައީސް މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މަޝްރޫއުތަކެއް ކަމަށް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މަޝްރޫޢުތައް ފަށައިގެން އަޅުގަނޑުމެން ކުރިއަށް މި ދާއިރުގައި ވަރަށް ގިނަ ގޮންޖެހުންތައްވެސް އެބަހުރި. ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ގޮންޖެހުމާއި އިގްތިސާދީ ދަތިކަމާހެދި ކުރިމަތިވާ ގޮންޖެހުންތައް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މި ގޮންޖެހުންތައް ހުރަސްކޮށް މަޝްރޫޢުތައް ނިންމަމުން އަޅުގަނޑުމެން މި ގެންދަނީ. މިދިޔަ ރޯދަމަހުގެ ކުރިންވެސް ރޯދަމަހުގެ ތެރެއާއެކު ގާތްގަނޑަކަށް 20އަށް މިސްކިތް ހުޅުވިން. އޭގެ ތެރޭގައި ކުރީ ސަރުކާރު ދުވަސްވަރު ފަށާފައި ހުއްޓިފައި ހުރި ތަންތަންވެސް ހިމެނޭ" މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ފެށި ބައެއް މަޝްރޫއުތައް ލަސްވެފައިވާ މައިގަނޑު ސަބަބުތައް ހާމަކުރައްވާ، މިނިސްޓަރު ވިދާޅުވީ ރިޔާސީ އިންތިހާބާ ދިމާކޮށް ކުރީ ސަރުކާރުން ބަޖެޓުގައި ފައިސާ ނުހިމަނައި ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފަށާފައިވާ ކަަމަށެވެ. އަދި ބައެއް މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެންމެ ގާބިލުނޫން ކުންފުނިތަކަކާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ މި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސައި، މަޝްރޫއުތައް ނިންމަވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފަ އެވެ.

ކޮމެންޓް
ފަހުގެ
HDC