logoEN
WAMCO TOP 1
މުވައްޒަފުންނާ ގުޅޭ ކަންކަން ހައްލުކުރަން މަޖިލީހުން  ފެނަކައަށް އަންގައިފި

މުވައްޒަފުންނާ ގުޅޭ ކަންކަން ހައްލުކުރަން މަޖިލީހުން ފެނަކައަށް އަންގައިފި

# ރައްޔިތުންގެ މަޖިލިސް# ފެނަކަ ކޯޕަރޭޝަން

ރައްޔިތުންގެ މަޖިލިސް ---

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުން ވަޒީފާއަށް އައްޔަންކުރުމާއި، މަގާމުގެ ކުރިއެރުން ދިނުމުގެ އިތުރުން މުސާރައާއި އިނާޔަތްތައް ދިނުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެ ކުންފުންޏަށް އަންގައިފިއެވެ.

THE TRAVELLER AD

މި ނިންމުން ނިންމާފައިވަނީ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހައިގެންނެވެ.

2020 އިން 2023 އަށް އެކުލަވާލާފައިވާ ޚާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ ކުންފުންޏަށް 5،289 މުވައްޒަފުން އިތުރުކޮށްފައިވެއެވެ. އަދި އުސޫލުތަކާ ޚިލާފަށް ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާކަންވެސް އެ ރިޕޯޓުން ވަނީ ހާމަވެފައެވެ. އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ ކުންފުނީގެ މަސައްކަތުގެ މިންވަރަށް ބަލައި ޖޮބް އެނަލިސިސްއެއް ހެދުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ނުނެގުމަށެވެ.

މާލިއްޔަތު ކޮމިޓީން ހުށަހެޅި 12 ކަމުގެ ތެރޭގައި، ކުންފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ތިރިކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ރިޕޯޓެއް ތިން މަސް ތެރޭގައި ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން، އޭސީސީން މި މައްސަލަތައް ތަހުގީގުކޮށް، ފުރަތަމަ މަރުހަލާގެ ރިޕޯޓު 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއި، ކޮންމެ މަހަކު ތަހުގީގުގެ އަދާހަމަ ދިނުމަށްވެސް ވަނީ އަންގާފައެވެ.

ވަޒީފާއަށް މުވައްޒަފުން ނެގުމުގައި އާންމުކޮށް އިއުލާންކޮށްގެން ނޫނީ އެކަން ނުކުރެވޭ ގޮތަށް ގަވާއިދުތަކާއި އެސްއޯޕީތައް އިސްލާހުކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދިނުމާއި، މަޝްރޫއުތަކުގެ ނަމުގައި ބޮޑު މުސާރަ ދީފައިވާ މައްސަލަތައް ބަލައި، އެކަމުގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފުލުހުންނަށާއި އޭސީސީއަށް އެންގުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ 229،711 ރުފިޔާ އަނބުރާ ހޯދުމަށްވެސް ވަނީ އަމުރުކޮށްފައެވެ. މަޖިލީހުން މި ހުށަހެޅުންތައް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް
ފަހުގެ
HDC