logoEN
WAMCO TOP 1
އަހަރީ ފީގެ ފައިސާ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން އުނިކުރަން ވަޒީރު އެދިވަޑައިގެންފި

އަހަރީ ފީގެ ފައިސާ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން އުނިކުރަން ވަޒީރު އެދިވަޑައިގެންފި

# އަބްދުالله މުއްތަލިބު# ރައްޔިތުންގެ މަޖިލިސް

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ---

މާލެ ސަރަޙައްދުގެ އުޅަނދުފަހަރުގެ އަހަރީ ފީގެ ގޮތުގައި ލިބޭ އާމްދަނީ މާލޭ ސިޓީ ކައުންސިލުގެ ބަޖެޓުން އުނިކޮށް، އެ ފައިސާ ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު އެދިވަޑައިގެންފިއެވެ.

THE TRAVELLER AD

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މާލެއާއި ހުޅުމާލެ ހިމެނޭހެން އަހަރަކު ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ފީގެ ގޮތުގައި ކައުންސިލަށް ލިބޭ ކަމަށެވެ. ނަމަވެސް، އެ ފައިސާ ލިބޭއިރުވެސް މަގުތައް މަރާމާތުކޮށް ބެލެހެއްޓުމުގައި ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މައްޗަންގޮޅި ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ކުރެއްވި ސުވާލާ ގުޅިގެން ވަޒީރު އިތުރަށް ވިދާޅުވީ، މަގުތައް ކޮނުމަށްފަހު އަލުން މަރާމާތުކުރުމުގެ ގާބިލުކަން ކައުންސިލްގައި ނެތް ކަމަށެވެ. އަދި މަގުތައް ހެދުމުގެ މިންގަނޑުތައް ބަޔާންކުރާ ގައިޑްލައިނެއް މިނިސްޓްރީން ފޮނުވާފައިވީ ނަމަވެސް، ލިބޭ ބޮޑު އާމްދަނީން އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުނުކުރުމަކީ ޒިންމާ އަދާނުކުރުން ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.

ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވީ، އަހަރީ ފީގެ ގޮތުގައި ލިބޭ ފައިސާ ސަރުކާރަށް ލިބޭގޮތް ވެއްޖެނަމަ، މާލޭގެ މަގުތައް އެދެވޭ ފެންވަރަކަށް ތަރައްގީކޮށް ބެލެހެއްޓޭނެ ކަމަށެވެ.

އެހެންކަމުން އެ އާމްދަނީ ސަރުކާރުގެ ބަޖެޓަށް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC