
--
އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރ އޭ.އާރް ރަހުމާންގެ ދަރިފުޅު، އަމީން ރަހުމާން ދުއްވި ކާރު ޗެންނާއީގައި އެކްސިޑެންޓުވެއްޖެއެވެ.

ނަމަވެސް މި ނުރައްކާތެރި ހާދިސާގައި އަމީންއަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ކަށަވަރުކޮށްދީފައެވެ.
ރިޕޯޓުތައް ބުނާގޮތުން ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އަމީންއަށް ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވުމަކީ އޭނާގެ އާއިލާއަށާއި ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އެކްސިޑެންޓް ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އަމީން އަކީވެސް އޭނާގެ ބައްޕަ ފަދައިން މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ޒުވާނެކެވެ. އޭނާ ވަނީ އޭ.އާރް ރަހުމާންގެ ކޮމްޕޮޒިޝަންތަކަށް ބައެއް މަޝްހޫރު ލަވަތައް ކިޔައިދީ، އާންމުންގެ ލޯބި ހޯދާފައެވެ.
މި ހަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އަމީންއަށް އަވަސް ޝިފާއަކަށް އެދި ހެޔޮދުއާ ފޮނުވަމުންނެވެ.
ގުޅުންހުރި

ކާރު އެކްސިޑެންޓަކުން އޭ.އާރް ރަހުމާންގެ ދަރިފުޅު އަމީން ސަލާމަތްވެއްޖެ

ރަވީ ކިޝަން އޭނާގެ ވައިރަލް މީމްތަކާ ގުޅޭގޮތުން ވާހަކަދައްކައިފި

ތަބޫގެ 'ޕާސަނަލިޓީ ރައިޓްސް' ހިމާޔަތްކުރުމަށް ދިއްލީ ހައިކޯޓުން ބޮޑު އަމުރެއް ނެރެފި




