
--
ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރަވީ ކިޝަންގެ އެކި މަންޒަރުތަކާއި ވީޑިއޯތަކަކީ ސޯޝަލް މީޑިއާގައި ވަރަށް ގިނައިން މީމް ގެ ގޮތުގައި ބޭނުންކުރަމުން އަންނަ ތަކެއްޗެވެ. އަދި ފަހަކަށް އައިސް އޭނާގެ މި ވައިރަލްވި މީމްތަކާ ގުޅޭގޮތުން ރަވީ ވަނީ ފުރަތަމަ ފަހަރަށް ވާހަކަދައްކާފައެވެ.

އޭނާގެ މީމްތައް މީހުންނަށް ކަމުދާ ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން ރަވީ ބުނެފައިވަނީ، މިހާރުގެ ޒުވާން ޖީލު ނުވަތަ 'ޖެން-ޒީ' އިން އޭނާ ވަރަށް ބޮޑަށް ބަލައިގަނެފައިވާ ކަމަށެވެ. އަދި ޒުވާނުން އޭނާއާ އެހާ ބޮޑަށް ގުޅެނީ އޭނާގެ ކިބައިގައި ހުންނަ އިމްޕާރފެކްޝަންތަކުގެ ސަބަބުން ކަމަށްވެސް އޭނާ ގަބޫލުކުރެއެވެ.
ގިނަ ފަހަރަށް މަޝްހޫރު ތަރިންނަށް އެމީހުންގެ މީމްތައް ހެދުމުން ނުވަތަ ޖޯކު ޖެހުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް، ރަވީ ކިޝަން ހުރީ އެކަމާ ވަރަށް އުފަލުންނެވެ. އޭނާ ދެކޭގޮތުގައި މިއީ ޒުވާނުންގެ ފަރާތުން އޭނާއަށް ލިބޭ ވަރަށް ބޮޑު ލޯތްބަކާއި ތަރުހީބެކެވެ. އޭނާގެ އެކްސްޕްރެޝަންތަކާއި ޑައިލޮގްތައް އިންޓަނެޓްގައި ޓްރެންޑް ވަމުންދާތީ އެކަމާ ފަޚުރުވެރިވާކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
ރަވީ ކިޝަން އަކީ ކެމެރާ ކުރިމަތީގައި އެއްވެސް ފިލްޓަރެއް ނެތި، އަސްލު މިޒާޖު ދައްކާ ތަރިއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ޖެން-ޒީ ކުދިންނަށް އޭނާގެ މީމްތައް އެހާ ކަމުދަނީވެސް އޭނާގެ ކިބައިގައި ހުންނަ މި އަސްލު އަދި އާދައިގެ ސިފަތަކާ ގުޅިގެންކަމަށް އޭނާގެ ވާހަކައިން ވަނީ ހާމަވެފައެވެ.
ގުޅުންހުރި

ރަވީ ކިޝަން އޭނާގެ ވައިރަލް މީމްތަކާ ގުޅޭގޮތުން ވާހަކަދައްކައިފި

ތަބޫގެ 'ޕާސަނަލިޓީ ރައިޓްސް' ހިމާޔަތްކުރުމަށް ދިއްލީ ހައިކޯޓުން ބޮޑު އަމުރެއް ނެރެފި

ކޮންމެ އަންހެނަކުވެސް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ މުހިންމުކަން ޕްރިޔަންކާ ޗޯޕްޅާ ހަނދާންކޮށްދީފި




