
6.6 ކިލޯމީޓަރުގެ ވިއުގައާއި ފެން ރައްކާކުރާ ޓޭންކުތަކާއެކު ހޮޅުދޫ ފެނުގެ މަޝްރޫޢު ނިންމާލައިފި
# ނ ހޮޅުދޫ-
ނ. ހޮޅުދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ ހުރިހާ މަސައްކަތެއް މުޅިން ނިމި، ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކޮށްފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ކޮމިޝަން ކުރުމުގެ މަސައްކަތުގައި މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދުގެ އިތުރުން މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންނާއި، ކޮންޓަރެކްޓަރާއި، ފެނަކަ ކޯޕަރޭޝަނާއި އަދި ކައުންސިލްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫޢުގެ ދަށުން ރަށުގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވަނީ މުހިންމު ގިނަ ވަސީލަތްތަކެއް ޤާއިމުކޮށްފައެވެ. އެގޮތުން 6.6 ކިލޯ މީޓަރުގެ ދިގު ފެނުގެ ވިއުގައެއް ހޮޅުދޫގައި ވަނީ އަޅާފައެވެ.
މީގެ އިތުރުން، ފެން އުފެއްދުމާއި ރައްކާކުރުމަށްޓަކައި 60 ޓަނުގެ 2 އާރްއޯ (ރިވާސް އޮސްމޯސިސް) ޕްލާންޓާއި، 25 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ވަނީ ބަހައްޓާފައެވެ. އަދި ބޯފެން ރައްކާކުރުމަށް 350 ޓަނުގެ 2 ޓޭންކާއި، ވާރޭ ފެން ރައްކާކުރުމަށް 200 ޓަނުގެ ޓޭންކެއްވެސް މި މަޝްރޫޢުގެ ތެރެއިން ވަނީ ޤާއިމުކޮށްފައެވެ.
އަމަލީ މަސައްކަތްތައް ނިމި ކޮމިޝަން ކުރުމުގެ މަރުހަލާ ވެސް ކާމިޔާބުކަމާއެކު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މި ނިޒާމު އޮޕަރޭޓްކުރުމުގެ ގޮތުން އެކަމަށް ކަނޑައަޅާފައިވާ އޮޕަރޭޓަރާ ނިޒާމު ހަވާލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކާއި މަސައްކަތްތަކެވެ.
ގުޅުންހުރި

6.6 ކިލޯމީޓަރުގެ ވިއުގައާއި ފެން ރައްކާކުރާ ޓޭންކުތަކާއެކު ހޮޅުދޫ ފެނުގެ މަޝްރޫޢު ނިންމާލައިފި

ހޮޅުދޫއަށް ތާރީޚީ ދުވަހެއް: ކުދަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ފުރަތަމަ ފަހަރަށް އެރަށުގެ ހެލްތު ސެންޓަރަށް!

ހޮޅުދޫއާއި މުލަކުގެ މަގު ހެދުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށް!




