logoEN
Sto top
ހޮޅުދޫއަށް  ތާރީޚީ ދުވަހެއް: ކުދަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ފުރަތަމަ ފަހަރަށް އެރަށުގެ ހެލްތު ސެންޓަރަށް!

ހޮޅުދޫއަށް ތާރީޚީ ދުވަހެއް: ކުދަކުދިންގެ ޚާއްޞަ ޑޮކްޓަރެއް ފުރަތަމަ ފަހަރަށް އެރަށުގެ ހެލްތު ސެންޓަރަށް!

އަހުމަދު ޝުރާއު

logo

5/15/2025, 7:50:36 AM

# ނ ހޮޅުދޫ

--

ނ ހޮޅުދޫ ހެލްތު ސެންޓަރަށް ފުރަތަމަ ފަހަރަށް ކުޑަކުދިންގެ ޚައްޞަ ޑޮކްޓަރެއް މަސައްކަތް ކުރަން ފަށައިފިއެވެ.

Wamco

އެރަށުގެ ތާރީހުގައިވެސް މިއީ އެރަށުގެ ސިއްހީ މަރުކަޒުގައި ދާއިމި ގޮތެއްގައި މަސައްކަތް ކުރުމަށް ދިޔަ ފުރަތަމަ ޑޮކްޓަރެވެ. މައުލޫމާތު ލިބޭގޮތުގައި މިއަދު އެރަށަށް ދިޔަ ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރަކީ މެދު އިރުމަތީގެ ގައުމަކަށް ނިސްބަތްވާ ޑޮކްޓަރެކެވެ.

ޑޮކްޓަރު ޑިއުޓީއާއި ގުޅުމަށް އެރަށަށް ދިޔައީ މިއަދު ހެނދުނު އެވެ. އެގޮތުން ޑޮކްޓަރު އެރަށަށް ދިޔުމުން އެރަށުން ވަނީ ޑޮކްޓަރަށް ހޫނު މަރުހަބާއެއް ކިޔާފައި އެވެ. އޭގެ ތެރޭގައި ސިއްހީ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުން ހިމެނެއެވެ.

ޑޮކްޓަރު އެރަށަށް ދިޔުމާއި ގުޅިގެން ހެލްތު ސެންޓަރުން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި މިކަން ސިފަކުރީ އެރަށަށާއި ސިއްހީ މަރުކަޒަށްވެސް ތާރީޚީ ދުވަހެއްގެ ގޮތުގައިއެވެ.

ހޮޅުދޫ އަކީ ނ އަތޮޅުގެ އާބާދީ އެންމެ ބޮޑު އެއް ރަށެވެ. އެ ރަށުގެ އާބާދީ ދެހާހަށް ވުރެ މައްޗަށް އަރައެވެ. އެރަށުގެ ހެލްތު ސެންޓަރަކީ ލެވެލް 3 ގެ ސިއްހީ މަރުކަޒެވެ. ސިއްހީ މަރުކަޒުގެ އަޕްގްރޭޑިންގ މަސައްކަތްތަކެއް މިހާރުވެސް ކުރިޔަށްދާއިރު އަލަށް އެރަށުގައި ތަރައްޤީކުރި އެމެޖެންސީ ރޫމްގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC