logoEN
Sto top
ހޮޅުދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

ހޮޅުދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

އަހުމަދު ޝުރާއު

logo

12/10/2024, 7:07:20 AM

# ނ ހޮޅުދޫ

--

ނ ހޮޅުދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު އާރްޑީސީއިން މިއަދު ހާމަކޮށްފި އެވެ.

Wamco

އާރްޑީސީއިން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނީން ބުނީ ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ މޫސާކަލޭފާނުމަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 4.3 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރާނެއެވެ. އެގޮތުން 17 މަގެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ.

View post on Twitter

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސަރވޭތަކާއި، އެނޫންވެސް ހުރި މަސައްކަތްތައް ނިންމާފައިކަމަށް އާރްޑީސީން ބުނެފައިވެއެވެ. މިގޮތުން އިން-ސަރވޭ ރިޕޯޓާއި، ޓޮޕޮގްރެފީ ސަރވޭގެ މަސައްކަތާއި، މުޅި މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިނިންގެ ޖިއޯ ޓެކްނިކަލް ސަރވޭއާއި، ހައިޑްރޯލޮޖިކަލް ސަރވޭގެ މަސައްކަތްތަކާއި ސްޓޯމް ވޯޓަރ ޑިޒައިނިންގެ މަސައްކަތްވެސް ނިންމައި އެޕްރޫވެވެފައިވާކަމަށް އާރްޑީސީން ބުނެފައިވެއެވެ.

މިއީ ޖުމްލަ 71،889،120.65ރ. (ހަތްދިހަ އެއްމިލިއަން އަށްސަތޭކަ އަށްޑިހަ ނުވަހާސް ސަތޭކަ ވިހި ރުފިޔާ ފަސްދޮޅަސް ފަސް ލާރި) ގެ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 31 އޮކްޓޫބަރު 2022 ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC