logoEN
Sto top
ހޮޅުދޫއާއި މުލަކުގެ މަގު ހެދުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށް!

ހޮޅުދޫއާއި މުލަކުގެ މަގު ހެދުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށް!

އަހުމަދު ޝުރާއު

logo

2/25/2025, 4:45:56 PM

# މ މުލަކު# އާރްޑީސީ# ނ ހޮޅުދޫ

--

ނ ހޮޅުދޫއާއި މ މުލަކުގެ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަން އެދެމަޝްރޫއުގެ ކޮންޓްރެކްޓަރު އާޜްޑީސީން މިއަދު ހާމަކޮށްފި އެވެ.

Wamco

އާރްޑީސީން މިއަދު ވަނީ މި ދެ މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައި އެވެ.

އެގޮތުން އެކުންފުނިން ބުނީ ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޗާންދަނީ މަގުގައި ބެކް ފިލިންގގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި އަދި މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ސައިޓަށް ގެންދިއުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށެވެ.

އަދި މ. މުލަކު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސޯސަން މަގުގައި ދުވާރުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި އިރުދޭ މަގު އަދި ބަހާރީ މަގުގައި ސްޓޯރމް ވޯޓަރ ޓޭންކްގެ މަސައްކަތް ވެސް ދަނީ ކުރަމުންކަން އެކުންފުނިން މިއަދު ވަނީ ހާމަކޮށްފައި އެވެ.

ހޮޅުދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް 4.3 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރާނެއެވެ. އެގޮތުން 17 މަގެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސަރވޭތަކާއި، އެނޫންވެސް ހުރި މަސައްކަތްތައް ނިންމާފައިކަމަށް އާރްޑީސީން ބުނެފައިވެއެވެ. މިގޮތުން އިން-ސަރވޭ ރިޕޯޓާއި، ޓޮޕޮގްރެފީ ސަރވޭގެ މަސައްކަތާއި، މުޅި މަޝްރޫއުގެ ކޮންސެޕްޓް ޑިޒައިނިންގެ ޖިއޯ ޓެކްނިކަލް ސަރވޭއާއި، ހައިޑްރޯލޮޖިކަލް ސަރވޭގެ މަސައްކަތްތަކާއި ސްޓޯމް ވޯޓަރ ޑިޒައިނިންގެ މަސައްކަތްވެސް ނިންމައި އެޕްރޫވެވެފައިވާކަމަށް އާރްޑީސީން ބުނެފައިވެއެވެ. މިއީ ޖުމްލަ 71،889،120.65ރ. (ހަތްދިހަ އެއްމިލިއަން އަށްސަތޭކަ އަށްޑިހަ ނުވަހާސް ސަތޭކަ ވިހި ރުފިޔާ ފަސްދޮޅަސް ފަސް ލާރި) ގެ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 31 އޮކްޓޫބަރު 2022 ގައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާމުލަކު މަގު ހެދުމުގެ މަޝްރޫއުގައި 6.077 ކިލޯ މީޓަރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. އަދި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި ޕޭވްމަންޓް ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ދަށުން ކުރާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC